ads
ފޮޓޯ: އިމިގްރޭޝަން
އޭއައި ބޭނުންކޮށްގެން ޕާސްޕޯޓު ފޮޓޯ އެޑިޓްކުރާ މައްސަލައެއް
ޕާސްޕޯޓަށް އެދި ހުށަހަޅާއިރު، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ނުވަތަ އެފަދަ އެހެން އާލާތްތައް ބޭނުންކޮށްގެން އެޑިޓްކޮށްފައިވާ ފޮޓޯ ހުށަނޭޅުމަށް މޯލްޑިވްސް އިމިގްރޭޝަނުން އިލްތިމާސްކޮށްފި އެވެ.
Advertisement

އިމިގްރޭޝަނުން މިއަދު ބުނީ އޭއައި ނުވަތަ އެފަދަ އާލާތްތައް ބޭނުންކޮށްގެން އެޑިޓްކޮށްފައިވާ ފޮޓޯތަކަކީ، ޕާސްޕޯޓުގެ ފޮޓޯ މިންގަނޑާ ހިލާފު ފޮޓޯތަކެއް ކަމަށެވެ.

އެހެންވެ ޕާސްޕޯޓް ހަދަން އެފަދަ ފޮޓޯތައް ހުށަނާޅަން އެދޭ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

ފަހަކަށް އައިސް ފޮޓޯތައް ރީތިކުރުމަށާއި ބަދަލުތައް ގެނައުމަށް އޭއައި ޓެކްނޮލޮޖީ ބޭނުންކުރުން ވަނީ އިތުރުވެފައި އެވެ. އެހެން ކަމުން ޕާސްޕޯޓު ފަދަ ރަސްމީ ލިޔެކިޔުންތަކުގައި މިފަދަ ފޮޓޯ ބޭނުންކުރުމަކީ ވެސް ފަހަކަށް އައިސް ވަރަށް އާންމުވެފައިވާ ކަމެކެވެ.

އެހެން ނަމަވެސް ރަސްމީ ލިޔެކިޔުންތަކަށް ބޭނުންވާ ފޮޓޯތައް އޭއައިފަދަ އާލާތްތައް ބޭނުންކޮށްގެން އެޑިޓް ކުރުމަކީ އޭގެ ސަަބަބުން ސަލާމަތީ މައްސަލަތައް ދިމާވާނެ ކަމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;