ads
ސީއޭ މޯލްޑިވްސްގެ ރައީސް މުހައްމަދު ހަލީމް އަބްދުﷲ އާއި އެލައިޑްގެ ޗީފް ފައިނޭންޝަލް އޮފިސަރު އާދަމް އާތިފް އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު - ފޮޓޯ: މިހާރު
އެލައިޑް އިންޝުއަރެންސާއި ސީއޭ މޯލްޑިވްސް ގުޅިގެން މަސައްކަތް ކުރަން އެއްބަސްވުމެއް
އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (ސީއޭ މޯލްޑިވްސް) އާ ދެމެދު، އެކައުންޓިން ދާއިރާ ކުރިއެރުވުމަށާއި ސީއޭ މޯލްޑިވްސްގެ މެންބަރުންނަށް ލިބޭ ފައިދާތައް އިތުރުކުރުމަށްޓަކައި ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފި އެވެ.
Advertisement

މި އެއްބަސްވުމުގެ ދަށުން މައިގަނޑު ގޮތެއްގައި އަހައްމިއްޔަތުކަން ދޭނީ ފަންނީ ތަރައްގީއަށާއި މައުލޫމާތާއި ހުނަރު ބަދަލުކުރުމަށާއި، ދިރާސާކުރުމުގެ އިތުރުން، އެކައުންޓިންގެ ޕްރޮފެޝަނަލް މިންގަނޑުތަކަށް ފެތޭ އެކައުންޓިން އުސޫލުތައް ކުރިއެރުވުމަށެވެ. މީގެ އިތުރުން މާލީ ދެފުށް ފެންނަ ފުރިހަމަ ނިޒާމެއް ގާއިމް ކުރުމަށް އެހީއަކަށް ވެގެންދާނެ އެވެ. 

މި އެއްބަސްވުމާއެކު ސީއޭ މޯލްޑިވްސްގެ މެންބަރަކަށް ވުމުގެ ޝަރުތު ހަމަވާ އެލައިޑްގެ މުވައްޒަފުން އެ މުއައްސަސާގެ މެންބަރުންނަށްވުމަށް އެލައިޑް އިންޝުއަރެންސް އިން ހިތްވަރު ދޭނެ އެވެ. އަދި ދެ ފަރާތް ގުޅިގެން ގާބިލުކަން އިތުރުކުރުމުގެ ހަރަކާތްތަކާއި ތަޖުރިބާ ބަދަލުކުރުމާއި ދިވެހި މާކެޓާ ގުޅޭ ދިރާސާ މަޝްރޫއުތައް ކުރިއަށް ގެންދާނެ އެވެ.

ސީއޭ މޯލްޑިވްސްގެ މެންބަރުންނަށް މި އެއްބަސްވުމުގެ ދަށުން ޚާއްސަ އިނާޔަތްތަކެއް ލިބޭނެއެވެ. އޭގެ ތެރޭގައި ލައިސަންސް ހޯދުމަށް ބޭނުންވާ "ޕްރޮފެޝަނަލް އިންޑެމްނިޓީ ތަކަފުލް" ކަވަރޭޖަށް ޚާއްސަ އަގުތަކެއް ހަމަޖެއްސުމާއި، ލިޔެކިޔުންތައް ހުށަހެޅުމުގައި ލުއިފަސޭހަ ގޮތްތަކެއް ހަމަޖެހިގެންދާނެއެވެ. 

އަދި ސީއޭ މޯލްޑިވްސްގެ މެންބަރުންނާއި ދާއިމީ މުވައްޒަފުންނަށް "ގްރޫޕް ހެލްތު ތަކަފުލް" އަދި "ގްރޫޕް ޓާމް ލައިފް ތަކަފުލް" ޚާއްސަ އުސޫލުތަކެއްގެ ދަށުން ލިބޭނެ އިންތިޒާމު ވެސް ވަނީ ހަމަޖެހިފަ އެވެ.

މި އެއްބަސްވުމަކީ ފަންނީ ފެންވަރު މަތިކުރުމަށާއި، ދާއިރާގެ މިންގަނޑުތައް ހަރުދަނާކޮށް، ރާއްޖޭގެ މާލީ ދާއިރާއަކީ އިތުބާރު ހުރި، ހަރުދަނާ ދާއިރާއަކަށް ހެދުމަށް އެލައިޑް އިންޝުއަރެންސާއި ސީއޭ މޯލްޑިވްސްއިން ކުރަމުންދާ މަސައްކަތުގެ މުހިންމު ފިޔަވަޅެއް ކަމަށް އެލައިޑުން ވަނީ ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;