މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮޓޯރިޓީ، މީރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މި އަދަދު ވަނީ މިދިޔަ އަހަރާއި އަޅާބަލާއިރު 17.5 ޕަސެންޓް އިތުރުވެފަ އެވެ.
ހަމައެއާއެކު، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައިވެސް ވަނީ 1 ބިލިޔަން ރުފިޔާ ލިބިފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި މި ފީގެ ގޮތުގައި ލިބިފައިވަނީ 913 މިލިޔަން ރުފިޔާ އެވެ. އެހެންކަމުން އެއާޕޯޓް ޑިވެލޮޕްމަންޓް ފީއިން ލިބުނު އާމްދަނީ ވަނީ 18 ޕަސެންޓް އިތުރުވެފަ އެވެ.
ރާއްޖޭގެ އެއާޕޯޓްތަކުން ފުރާ ފަސިންޖަރުންގެ އަތުން އެންމެ ފުރަތަމަ ފީއެއް ނަގަން ފެށީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. އެގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން އެއާޕޯޓް ޑިވެލޮޕްމަންޓް ފީ ނަގަން ފަށާފައި ވަނީ 1 މޭ 2017 އިން ފެށިގެންނެވެ. މިއީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ރާއްޖެއިން ބޭރަށް ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން ނަގާ ފީއެކެވެ.
މީރާ އިން އިއްޔެ އާންމުކޮށްފައިވާ ޖޫން މަހުގެ ޓެކުހާ ގުޅޭ ހިސާބުތައް ދައްކާ ގޮތުން، މިދިޔަ ޖޫން މަހުގެ ނިޔަލަށް ދައުލަތަށް ޓެކްސް އާއި ފީތަކުން އާމްދަނީގެ ގޮތުގައި 19 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. ދައުލަތުގެ ޖުމްލަ އާމްދަނީއާއި ހިލޭ އެހީ މިހާރު 22.4 ބިލިއަން ރުފިޔާއަށް އަރައިފައިވާއިރު، ސަރުކާރުން ވަނީ މި އަހަރު 40.4 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފަ އެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް ދައުލަތުން ކުރި ޖުމްލަ ހަރަދުގެ 87 އިންސައްތަ ހަރަދުކޮށްފައިވަނީ ދުވަހުން ދުވަހަށް ހިނގާ ރިކަރަންޓް ހަރަދުތަކަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;