ads
ގަތަރުގެ އަމީރާއި ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރިން ބައްދަލުކުރައްވަނީ
ހިތާމައިގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މުއިއްޒު ގަތަރަށް
ޤަތަރުގެ ކުރީގެ އަމީރު، ޝައިހް ހަމަދު ބިން ހަލީފާ އަލްސާނީ އަވަހާރަވުމާ ގުޅިގެން، އެ ޤައުމުގެ ޝާހީ ޢާއިލާއަށް ތައުޒިޔާ ވިދާޅުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިއަދު ހެނދުނު ޤަތަރަށް ފުރާވަޑައިގެންފިއެވެ.
Advertisement

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ، މި ދަތުރުފުޅަކީ، ގަތަރުގެ ކުރީގެ އަމީރު ޝައިހު ހަމަދު ބިން ހަލީފާ އަލް ސާނީ އަވަހާރަވުމާ ގުޅިގެން، ގަތަރުގެ މިހާރުގެ އަމީރު ޝައިހު ތަމީމް ބިން ހަމަދު އަލް ސާނީ އަށާއި އެ ގައުމުގެ ޝާހީ އާއިލާއަށް ތައުޒިޔާ ވިދާޅުވުމަށާއި އެ ބޭފުޅުންގެ ހިތާމައިގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.  

އުމުރުފުޅުން 74 އަހަރުގައި އަމީރު ޝައިހު ހަމަދު ބިން ހަލީފާ އަލް ސާނީ އަވަހާރަވީ އިއްޔެ ހެނދުނުގެ ވަގުތެއްގައެވެ.

ރައީސް ޑރ. މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޝައިހް ހަމަދު އަވަހާރަވީ ހަބަރު އެއްސެވީ ފުން ހިތާމަޔާއެކު ކަމަށެވެ. އެމަނިކުފާނަކީ ގަތަރުގެ ކުރިއެރުމަށާއި ތަރައްޤީއަށް ދުރުވިސްނޭ އާދަޔާ ހިލާފު ލީޑާޝިޕެއް ދެއްކެވި ބޭފުޅެއްކަން ރައީސް މުއިއްޒު ވިދާޅުވިއެވެ. 

ޝައިހު ހަމަދަކީ ޒަމާނީ ގަތަރު ބިނާކުރުމުގެ އެންމެ މުހިންމު އެއް މޭސްތިރިޔާ އެވެ. އޭނާ ވަނީ 1995 އިން 2013 އަށް ގަތަރުގެ ވެރިކަން ކުރައްވައި، އެ ގައުމަށް އާދަޔާ ހިލާފު ބޮޑެތި ބަދަލުތަކެއް ގެނެސްދެއްވައިފަ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;