މިދިޔަ އަހަރު މަތީ ސާނަވީ ނިންމާ އިމްތިޙާނުތަކުން އެއްވަނަ ހޯދާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސްކޮލަރޝިޕް ހަތް ދަރިވަރަކަށް ލިބިއްޖެ އެވެ.
ފަސް މާއްދާއިން އޭ ސްޓާ ހޯދުމުން ދޭ މި ސްކޮލަޝިޕް ލިބިފައިވަނީ ސީއެޗްއެޗްއެސްއީގެ ހަތަރު ދަރިވަރުންނަށާއި ވިލާ އިންޓަނޭޝަނަލް ހައި ސްކޫލާއި ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ އިތުރުން އަރަބިއްޔާގެ ދަރިވަރަކަށެވެ.
އެއީ:
ލީން އަހުމަދު ތޯރިގު، ސީއެޗްއެސްއީ
އައިޝަތު ނަބީހާ އަމީން، ސީއެޗްއެސްއީ
ޔަޝާ ޝާފީ ޝަފީގު، ސީއެޗްއެސްއީ
މާއިޝް މުފީދު، ސީއެޗްއެސްއީ
ހުސައިން ޔަމީން، ވިލާ އިންޓަނޭޝަނަލް ހައި ސްކޫލު
އައިޝަތު ލީން އަބްދުﷲ، ޏ. އަތޮޅު ތައުލީމީ މަރުކަޒު
ލައިލް ހުސެން ހަމީދު، އަރަބިއްޔާ
ރައީސްގެ ސްކޮލަޝިޕް ލިބޭ ދަރިވަރުންނަށް އެ ދަރިވަރަކު ބޭނުން ގައުމަކުން ކިޔެވުމުގެ ހުރިހާ ހަރަދެއް ސަރުކާރުން ބަލަހައްޓައިދޭނެ އެވެ. މި ސްކޮލަޝިޕް ދެނީ، ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އާއްމުކޮށްފައިވާ، "ނެޝަނަލް ޓްރެއިނިން ނީޑްސް ލިސްޓް"ގައި ހިމެނޭ ދާއިރާތަކުން ފުރަތަމަ ޑިގްރީ ހާސިލް ކުރުމަށެވެ.
އޭލެވެލް އިމްތިހާނުން ރާއްޖެއިން އެއްވަނަ ހާސިލްކުރި އިތުރު 23 ދަރިވަރަކަށް ވެސް ރައީސް ރޭ ވަނީ އެ ރަސްމިއްޔާތުގައި އެވޯޑާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވައިފަ އެވެ.
ދެ ދުވަހު، ފަސް ދަންފަޅިއަށް ބަހާލައިގެން ކުރިއަށްގެންދިޔަ އިނާމު ދިނުމުގެ ޖަލްސާގައި ވަނީ އޭލެވެލް އަދި އޯލެވެލްގެ ގަދަ 10ގެ އެވޯޑު ހާސިލްކުރި 1،400 އަށްވުރެ ގިނަ ދަރިވަރުންނަށް އިނާމު ދީފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;