މީޑިއާ ވިލެޖެއް ގާއިމުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. 2024 ވަނަ އަހަރުގެ މިނިވަން ދުވަހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މީޑިއާ ވިލެޖު ގާއިމުކުރާނީ އެސްޓީއޯ ހޮޓެލްގައި ކަމަށާއި އެ ތަނުން މީޑިއާތަކަށް ވަރަށް ކުޑަ އަގެއްގައި ޖާގަ ހަމަޖައްސައިދޭނެ ކަމަށެވެ.
އަމިއްލަ މީޑިއާތަކަށް އޮފީހާއި ސްޓޫޑިއޯ ހިންގުމަށް ބޭނުންވާ ޖާގަ ދިނުމަށް ހަދާ މީޑިއާ ވިލެޖްގައި މީޑިއާތަކަށް ބޭނުންވާ ސްޓޫޑިއޯތައް ހަދައި ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.
އެޗްޑީސީން މިއަދު ބުނީ ހުޅުމާލޭގައި ތަރައްގީކުރަމުން އަންނަ ފަސް ތަރީގެ ހޮޓަލެއް ކަމަށްވާ "މެންހެޓަން ގްރޭންޑް ހޮޓެލް"ގެ ގްރައުންޑް ފްލޯގައި ހަދާ މީޑިއާ ވިލެޖުގެ މިހާރު ކުރިއަށްދަނީ އެންމެ ފަހުގެ މަސައްކަތްތައް ނުވަތަ ފިނިޝިން ކަމަށެވެ.
އަދި އަމާޒަކީ، މީޑިއާ ވިލެޖްގެ މަސައްކަތް މި މަހުގެ ނިޔަލަށް އެއްކޮށް ނިންމުން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;