ads
ދިރާގުން ތައްޔާރުކޮށްފައިވާ ސްޓޯލެއް.
ފުޑް ކާނިވަލްގެ ދިރާގު ސްޓޯލުން ފޯރިގަދަ ހަރަކާތްތަކާއި އިނާމު
މޯލްޑިވްސް ފުޑް ކާނިވަލް 2026ގެ ދިރާގު ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހާއްސަ ހަރަކާތްތަކާއި އޮފާތަކާއި އަގުހުރި އިނާމުތައް ހޯދުމުގެ ފުރުސަތު ދިރާގުން ހުޅުވާލާނެކަން އިއުލާންކޮށްފި އެވެ.
Advertisement

ދިރާގުން ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި ހަރަކާތްތެރިވާ މި ކާނިވަލް އޮންނާނީ މާދަމާ އިން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި، ކޮންމެ ދުވަހެއްގެ ހަވީރު 4 އިން ރޭގަނޑު 11:30 އަށެވެ. 

ދިރާގުން ބުނި ގޮތުގައި އެ ކާނިވަލުގެ ދިރާގު ސްޓޯލުގައި ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ)ގެ ފަރާތުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ފޯރިގަދަ ގޭމިން ހަރަކާތުގައި މުޅިން ހިލޭ ބައިވެރިވެވޭނެ އެވެ. އަދި، ދިރާގު ސްޓޯލަށް ޒިޔާރަތްކޮށްގެން، ދިރާގުގެ އެންމެ ފަހުގެ ހިދުމަތްތަކާއި ހާއްސަ އޮފާތަކުގެ މައުލޫމާތު ހޯދުމުގެ ފުރުސަތު ވެސް ލިބޭނެކަން އެ ކުންފުނިން ފާހަގަކުރި އެވެ.

ދިރާގުން ބުނި ގޮތުގައި އެ ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހާއްސަ އިނާމުތައް ހޯދުމުގެ ފުރުސަތު ލިބޭނެ އެވެ. އޭގެ ތެރޭގައި ހިލޭ ޑޭޓާ އަދި ދިރާގުޕޭ އިން ދޭ ޚާއްސަ ކޭޝްބެކް ރިވޯޑްސް ހިމެނޭ ކަމަށް އެ ކުންފުނިން ބުންޏެވެ.

މީގެ އިތުރުން، ސްޓޯލަށް ޒިޔާރަތްކޮށް، ވަކި ހާއްސަ ހިދުމަތްތަކަށް ސަބްސްކްރައިބްކުރާ ފަރާތްތަކަށް އިތުރު އަގުހުރި އިނާމުތައް ހޯދުމުގެ ފުރުސަތު ލިބޭ ލަކީ ޑްރޯގައި ބައިވެރިވެވޭނެ ކަމަށް ދިރާގުން ހާމަކުރި އެވެ. އެ ލަކީ ޑްރޯއިން ލިބޭ އިނާމުތަކުގެ ތެރޭގައި ދިރާގު ހޯމް ސޮލިއުޝަންސް ބަންޑްލްއެއް އަދި ނެސްޕްރެސޯ މެޝިނެއް ވެސް ހިމެނެ އެވެ.

ތިންކް އެސޯސިއޭޓްސް އާއި ޓޭސްޓް މޯލްޑިވްސް އިން އިންތިޒާމު ކޮށްގެން ބާއްވާ މި ފުޑް ކާނިވަލުގައި ތަފާތު ކާބޯތަކެތީގެ ސްޓޯލުތައް ހުންނާނެ އެވެ. އެ އިވެންޓް މެދުވެރިކޮށް ދިވެހި ހޯމް-ބޭސްޑް އަދި ކުދި ވިޔަފާރިތަކުގެ އިތުރުން މަޝްހޫރު ކާބޯތަކެތީގެ ވިޔަފާރިތަކަށް އެއްތަނަކުން އެ ފަރާތްތަކުގެ ހުށަހެޅުންތައް އާންމުންނަށް ދައްކާލުމުގެ ފުރުސަތު ލިބޭނެ އެވެ. ދިރާގަކީ މި އިވެންޓްގެ ޑިޖިޓަލް ޕާޓްނަރެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;