މިއީ މި އަހަރުގެ ނިޔަލަށް ޖުމްލަ ހަ އޭޓީވީ ދިނުމަށް ހަމަޖެހިފައިވާ މި ޕްރޮމޯޝަންގެ ދަށުން އޭޓީވީ ލިބުނު ތިންވަނަ ކަސްޓަމަރެވެ.
މިދިޔަ އަހަރުގެ ޑިސެންބަރު 20ގައި ފެށި މި ޕްރޮމޯޝަން މި އަހަރުގެ ނިޔަލަށް ކުރިއަށްދާނެ އެވެ.
އުރީދޫން ބުނީ އެ ޕްރޮމޯޝަނުގެ ފުރަތަމަ ނަސީބުވެރިޔާ އިއުލާނުކުރުމަށް ފަހު، ޕްރޮމޯޝަނަށް ލިބެމުންދާ ތަރުހީބު އިތުރުވެފައިވާ ކަމަށެވެ. އަދި އެ ޕްރޮމޯޝަނުގައި ދޭ އޭޓީވީއަކީ ރަށްފުށުގެ ދިރިއުޅުމާ ގުޅޭ، ރަށްރަށުގައި ފަސޭހައިން ބޭނުންކުރެވޭނެ އުޅަނދެއް ކަމަށް ބުންޏެވެ.
އެ ޕްރޮމޯޝަންގައި އުރީދޫގެ މޮބައިލް (ޕްރީޕެއިޑް ނުވަތަ ޕޯސްޓްޕެއިޑް) އާއި ސުޕަނެޓާއި ފަސޭހަ ނުވަތަ 5ޖީ އެއާފައިބާ ހިދުމަތް ހޯދާ ކަސްޓަމަރުންނަށް ބައިވެރިވެވޭނެ އެވެ. އެ ގުރުއަތުގައި ބައިވެރިކުރާނީ ކޮންމެ ގުރުއަތެއް ނެގުމުގެ 60 ދުވަހުގެ ކުރިން އުރީދޫގެ ހިދުމަތްތައް ބޭނުން ކުރުމަށް 400ރ. ހަރަދުކުރާ ކަސްޓަމަރުންނެވެ. އަދި އެ ކަސްޓަމަރަކީ ގުރުއަތު ނަގާ ތާރީހާ ހަމައަށް އެކްޓިވް ކަސްޓަމަރަކަށް ވާން ޖެހޭނެ އެވެ.
އެ ޕްރޮމޯޝަނުގައި އަލަށް ގުޅޭ ކަސްޓަމަރުންނާއި މިހާރުގެ ކަސްޓަމަރުންނަށް ބައިވެރިވެވޭނެ އެވެ.
ގުރުއަތުން އޭޓިވީ ލިބޭ ކަސްޓަމަރުންނަށް ވެސް ގްރޭންޑް ޕްރައިޒް ނުވަތަ ހަވަނަ ގުރުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ އެވެ. މިއީ ވީހާ ވެސް ގިނަ ކަސްޓަމަރުންނަށް އޭޓީވީ ހޯދުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކުރާ ކަމެކެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;