ads
ދިރާގުން ޝީޝާއާ ގުޅިގެން ކުރިއަށް ގެންދާ ޕްރޮމޯޝަނުގައި ދޭ ސައިކަލު.
ދިރާގުޕޭ އާއި ޝީޝާ ގުޅިގެން ހޮންޑާ އެއާ ބްލޭޑް 125 ސައިކަލެއް ދެނީ
ދިރާގު ފިންޓެކްއާއި ޝީޝާ ގުޅިގެން، ހޮންޑާ އެއާ ބްލޭޑް 125 ސްޕެޝަލް އެޑިޝަން ސައިކަލެއް ހޯދުމުގެ ފުރުސަތު ހުޅުވައިލައިފި އެވެ.
Advertisement

މި ޕްރޮމޯޝަންގައި ހަދިޔާކުރާ ހޮންޑާ އެއާ ބްލޭޑް ސައިކަލަކީ ރާއްޖޭގައި ހޮންޑާގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރު ޝީޝާއިން ހަދިޔާ ކޮށްދޭ ސައިކަލެކެވެ. މި ސައިކަލު ލިބޭ ނަސީބުވެރިޔާއަށް ސައިކަލުގެ ހިދުމަތްތަކުން އުމުރު ދުވަހަށް 15 ޕަސެންޓްގެ ޑިސްކައުންޓް ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ.

ހަމައެއާއެކު، ހޮންޑާގެ ތަމްރީނު ލިބިފައިވާ ޓެކްނީޝަނުންގެ އިތުބާރު ހިފޭ ހިދުމަތްތަކާއެކު، ސައިކަލަށް ބޭނުންވާ ސްޕެއާ ޕާޓްސްތައް ޝީޝާ މެދުވެރިކޮށް ފަސޭހަކަމާއެކު ލިބެން ހުންނާނެ ކަމަށް ދިރާގުން ފާހަގަކުރި އެވެ.

މި ޕްރޮމޯޝަންގައި ދިރާގުޕޭ މިހާރުވެސް ބޭނުންކުރަމުންދާ ކަސްޓަމަރުންނާއި އަލަށް ރަޖިސްޓަރީކުރާ ކަސްޓަމަރުންނަށް 31 ޑިސެމްބަރު 2026ގެ ނިޔަލަށް ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ދިރާގުން ބުންޏެވެ. 

މީގެ އިތުރުން ދިރާގުޕޭ މެދުވެރިކޮށް ކުރާ ފައިސާގެ މުއާމަލާތްތަކާއެކު، ގުރުއަތުން ހޮވުމުގެ ފުރުސަތު އިތުރު ކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެ ކަމަށް ދިރާގުން ވަނީ ބުނެފަ އެވެ.

ދިރާގުޕޭ އީ-ވޮލެޓުން ލިބޭ ހިދުމަތްތަކުގެ ތެރޭގައި، ބިލް ސްޕްލިޓިން، ސަބް ވޮލެޓް، ޕިއަ-ޓު-ޕިއަ ޓްރާންސްފާ، ފަވަރަ ޓްރާންސްފާ އަދި ބިލަށް ފައިސާ ދެއްކުން ފަދަ ބޭނުންތެރި ހިދުމަތްތައް ހިމެނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;