ads
ސިންގަޕޫރުގެ ވަޒީރުކަމުން އިސްތިއުފާ ދެއްވި މުހައްމަދު ފައިޝަލް އިބްރާހިމް: އޭނާ އިސްތިއުފާ ދެއްވީ އަންހެނަނާ އެކު ކުރި މުއާމަލާތްތަކެއްގެ މައްސަލާގައި. - ފޮޓޯ: ރޮއިޓާސް
މެސެޖުތަކެއްގެ މައްސަލައިގައި ސިންގަޕޫރުގެ ވަޒީރަކު އިސްތިއުފާ ދެއްވައިފި
އަންހެނަކާ އެކު ބޭއްވި މުއާމަލާތްތަކެއް ބަލާތީ، ސިންގަޕޫރުގެ އެކްޓިން މިނިސްޓަރު-އިން-ޗާޖް އޮފް މުސްލިމް އެފެއާޒް ފައިޝަލް އިބްރާހީމް، ކެބިނެޓުންނާއި ވެރިކަންކުރާ ޕީޕަލްސް އެކްޝަން ޕާޓީ (ޕީއޭޕީ)ން އިސްތިއުފާދެއްވައިފި ކަމަށް ބޮޑުވަޒީރު ލޯރެންސް ވޮންގް މިއަދު އިއުލާނުކުރައްވައިފި އެވެ.
Advertisement

ސިންގަޕޫރުގެ ބޮޑުވަޒީރު ލޯރެންސް ވޮންގް ނެރުއްވި ބަޔާނެއްގައި ވިދާޅުވި ގޮތުގައި، ފައިޝަލް އިސްތިއުފާދެއްވީ އާންމު ރައްޔިތެއް ކަމަށްވާ އަންހެނަކާ އެކު ބޭއްވި މުއާމަލާތްތަކެއްގައި އޭނާގެ އަމަލުތައް ހުންނަންޖެހޭ މިންގަނޑަށް ނުފެތޭކަމަށް އޭނާ އަމިއްލައަށް އެއްބަސްވެވަޑައިގަތުމަށް ފަހުގަ އެވެ.

"އެ ބޭފުޅުން ގިނަ މުއާމަލާތްތައް ކޮށްފައިވަނީ އޮންލައިން މެސެޖުތައް މެދުވެރިކޮށެވެ. މީގެ އިތުރުން އާންމު ހަރަކާތްތަކުގެ ހަވާސާގައި ވެސް އެ ބޭފުޅުން ބައްދަލުވެވަޑައިގެންފައިވެ އެވެ." ވޮންގް ލިޔުއްވާފައިވެ އެވެ.

އޭގެ ފަހުން ދެ ފަރާތުން ވެސް ވަނީ އެކަކު އަނެކަކަށް ފުރައްސާރައިގެ ތުހުމަތުތައް ކޮށްފައި ކަމަށާއި، ފުލުހުން މިހާރު އެ މައްސަލަ ތަހުގީގުކޮށްފައިވާ ކަމަށް ވެސް ބޮޑުވަޒީރު ވިދާޅުވި އެވެ.

ސިންގަޕޫރްގެ ވަގުތީ މުސްލިމް އެފެއާޒް މިނިސްޓަރަަކަށް ފައިސަލް އައްޔަންކުރީ މިދިޔަ އަހަރުގެ މެއި 23 ގަ އެވެ. އޭނަ ކުރިން ހޯމް އެެފެއާޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމާއި ނެޝަނަލް ޑިވެލޮޕްމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރެއްވި އެވެ.

ފައިޝަލްގެ އިސްތިއުފާގެ ސިޓީގައި، އެ މުއާމަލާތްތައް މެނޭޖްކުރުމުގައި އޭނާގެ ވިސްނުމުގެ ކުށެއް އުޅޭ ކަމަށް އެއްބަސްވެވަޑައިގެންފައިވެ އެވެ.

"އަޅުގަނޑުމެންގެ ދެމެދުގައި އެއްވެސް ގުޅުމެއް ހިނގާފައި ނުވި ނަމަވެސް، ކުރީކޮޅު ސާފު އިމެއް ކަނޑައެޅުމުގައި އަޅުގަނޑަށް ވަނީ ނުކުޅެދިފައި،" އޭނާ ވިދާޅުވި އެވެ.

މިފަދަ ހާލަތެއްގައި ފައިޝަލް ސިޔާސީ މައިދާނާ ވަކިވެވަޑައިގަންނަވާތީ ހިތާމަކުރައްވާ ކަމަށް ބޮޑުވަޒީރު ވޮންގް ވިދާޅުވި އެވެ. އުމުރުފުޅުން 56 އަހަރުގެ ފައިސަލް އަކީ މީގެ 20 އަހަރު ކުރިން ސިޔާސީ ދާއިރާ އަށް ނުކުންނެވުމުގެ ކުރިން ޔުނިވަސިޓީ ޕްރޮފެސަރެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;