މި ހަރަކާތުގެ ދަށުން، ބައިނަލްއަގުވާމީ ފެންވަރުގައި މަގުބޫލު އިންޑިއާގެ މިއުޒިކީ ތަރި، ޓީވީ ޝަހްސިއްޔަތު އަދި އިންޑިއަން އައިޑަލްގެ ޖަޖު ބާދްޝާ ވަނީ ހަތަރު ދުވަހުގެ ދަތުރެއް ރާއްޖެއަށް ކޮށްފައެވެ.
ވިޒިޓް މޯލްޑިވްސްގެ ކަލްޗަރަލް އެމްބެސެޑަރުގެ ގޮތުގައި ބާދްޝާ ކުރި މި ދަތުރު ހޯސްޓްކޮށްދީފައި ވަނީ ހައިޑްއަވޭ ބީޗް ރިސޯޓް އެންޑް ސްޕާ އިންނެވެ.
ވިޒިޓް މޯލްޑިވްސް އިން ބުނީ ބާދުޝާއަކީ އިންޑިއާ އަދި މުޅި ދެކުނު އޭޝިއާ ސަރަހައްދުގައި މަގުބޫލު އަދި އޭނާގެ މިއުޒިކާއި ވީޑިއޯތަކަށް ބިލިއަނުން "ސްޓްރީމްސް" ލިބިފައިވާ ފަންނާނެއް ކަމަށެވެ. މިއުޒިކުގެ އިތުރުން ފެޝަން، ލައިފްސްޓައިލް އަދި މުނިފޫހިފިލުވުމުގެ ދާއިރާގައި އޭނާގެ އޮތް ނުފޫޒުގެ ސަބަބުން، އާ ޖީލުގެ ދަތުރުވެރިންނަށް ރާއްޖެ އިޝްތިހާރުކުރުމަށް އޭނާއަކީ އެންމެ އެކަށީގެންވާ ބައިވެރިޔާ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.
މި ދަތުރުގައި ބާދުޝާ ވަނީ ހައިޑްއަވޭ ބީޗް ރިސޯޓް އެންޑް ސްޕާގައި މަޑުކޮށް ރާއްޖޭގެ މެހުމާންދާރީ އާއި ވޯޓާ އެޑްވެންޗާކާއި ލަގްޒަރީ ޔޮޓް ދަތުރުތަކާއި އަދި ރާއްޖޭގެ ސަގާފީ ކަންކަން ތަޖުރިބާކޮށްފަ އެވެ. މި ކެމްޕޭނުގެ މަގުސަދަކީ ރާއްޖެއަކީ ހަމައެކަނި ލަގްޒަރީ މަންޒިލެއްގެ ގޮތުގައި ދެއްކުމުގެ ބަދަލުގައި އާއިލީ ދަތުރުތަކާއި ރޮމޭންޓިކް އަދި އެޑްވެންޗާ ދަތުރުތަކަށް ވެސް އެންމެ ފުރިހަމަ މަންޒިލްކަން ހާމަކޮށްދިނުމެވެ.
މިދިޔަ އާދިއްތަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް އިންޑިއާ އިން 68,933 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާއިރު، އެއީ މި އަހަރު ރާއްޖެ އައި ޓޫރިސްޓުން ހަ ޕަސެންޓެވެ. މިއަހަރުގެ މިހާތަނަށް އައިއިރު އެއް ގައުމަކުން އެންމެ ގިނައިން ރާއްޖެއަށް ޓޫރިސްޓުން އަންނަނީ އިންޑިއާގެ ވާދަވެރި ޗައިނާއިންނެވެ.
ބާދުޝާއާ އެކު ރާއްޖެ ޕްރޮމޯޓް ކުރުމުގެ ކެމްޕޭނެއް ވީއެމްސީން ކުރިއަށް ގެންދިޔަ އިރު، މީގެ ކުރިން މަޝްހޫރު ޑައިރެކްޓަރު/ކޮރިއޮގްފާފަރު ފަރާ ޚާން ގެނެސްގެން ވެސް ކެމްޕޭނެއް ހިންގާފައިވެ އެވެ. މީގެ އިތުރުން ވެސް އިިންޑިއާ އަށް ހާއްސަކޮށްގެން މިހާތަނަށް ތަފާތު ގިނަ ހަރަކާތްތައް ހިންގާފައިވެ އެވެ.
ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކެޓްރީނާ ކައިފަކީ ވެސް ރާއްޖޭގެ ގްލޯބަލް ބްރޭންޑް އެމްބެސެޑަރެކެވެ.
ވިޒިޓް މޯލްޑިވްސްގެ އަމާޒަކީ މިފަދަ މަގުބޫލު ޝަޚްސިއްޔަތުތަކާ ގުޅިގެން މަސައްކަތްކޮށް، މުޅި ދުނިޔޭގައި ރާއްޖޭގެ މަގުބޫލުކަން ދެމެހެއްޓުމެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;