ads
ރާއްޖެ އާއި އިތިއޯޕިއާއާ ދެމެދު ވައިގެ ދަތުރުފަތުރުގެ ހިދުމަތް ފެށުމާ ބެހޭ އެއްބަސްވުމުގައި ސޮއިކުރަން ބޭއްވި ރަސްމިއްޔާތު.
ރާއްޖެއާއި އިތިއޯޕިއާއާ ދެމެދު ސީދާ ދަތުރުތައް ފަށަނީ
ރާއްޖެ އާއި އިތިއޯޕިއާއާ ދެމެދު ވައިގެ ދަތުރުފަތުރުގެ ހިދުމަތް ގާއިމްކުރުމާ ބެހޭ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
Advertisement

މި އެއްބަސްވުންތަކުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓާ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މުޙައްމަދު އަމީނެވެ. އިތިއޯޕިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޑިރެކްޓާ ޖެނެރަލް ޔޮއާނަސް އަބޭރާ ބެލެޓޭ އެވެ.

އެ އެއްބަސްވުމާ އެކު އެފްރިކާ ބައްރުގެ އެންމެ ބޮޑު އެއާލައިން ކަމަށްވާ އިތިއޯޕިއަން އެއާލައިނުން ރާއްޖެއަށް އަދި ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަނުން އިތިއޯޕިއާއަށް ސީދާ ދަތުރުތައް ކުރަން މަގުފަހިވާނެ އެވެ.

އެ ރަސްމިއްޔާތުގައި މިނިސްޓަރު އަމީން ވިދާޅުވި އެފްރިކާ ބައްރުގެ އެންމެ ބޮޑު އެއާލައިން ކަމަށްވާ "އިތިއޯޕިއަން އެއާލައިން"އިން ރާއްޖެއަށް ދަތުރުތައް ފެށުމަށާއި، ދިވެހިރާއްޖޭގެ ގައުމީ އެއާލައިން "މޯލްޑިވިއަން" އިން އިތިޔޯޕިއާއަށް ސީދާ ދަތުރުތައް ކުރުމަށް މަގުފަހިވެގެންދާ މި އެއްބަސްވުމުގެ ސަބަބުން، ރާއްޖޭގެ ފަތުރުވެރިކަމާއި ވިޔަފާރީގެ ސިނާއަތަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެ އެވެ. 

"ދުނިޔޭގެ އެކި ހަބް އެއާޕޯޓްތަކުން ރާއްޖެއަށް ސީދާ ދަތުރުތައް ކުރެވޭނެ މަގުތައް ފަހިކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް މިއީ އެޅުނު މުހިންމު ފިޔަވަޅެއް" އަމީން ވިދާޅުވި އެވެ.

މިއީ، އަމީން ވިދާޅުވި ގޮތުގައި، ރާއްޖޭގެ އިގްތިސާދީ ފުދުންތެރިކަން އިތުރުކުރަން މުޅި ދުނިޔެއާ ގުޅާލެވޭ ފަދަ ވައިގެ ދަތުރުފަތުރުގެ ވިއުގައެއް ގާއިމްކުރަން ކުރާ މަސައްކަތަށް އިތުރު ކުރެވުނު މުހިންމު ބޮޅެކެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;