ads
އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް
އެސްއޯއީތަކުން 14000 އަށްވުރެ ގިނަ މުވައްޒަފުން ކަނޑާނެ، ގިނައީ އެމްޑީޕީ މީހުން: ފައްޔާޒު
ސަރުކާރުގެ ކުންފުނިތަކުން 14733 މުވައްޒަފުން ކަނޑާލަން ނިންމާފައިވާ ކަމަށާއި، އޭގެ ތެރޭގައި ގިނައީ އެމްޑީޕީ މީހުން ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
Advertisement

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒު ވިދާޅުވީ ސަރުކާރު ކުންފުނިތަކުން 14،000 އަށްވުރެ ގިނަ މުވައްޒަފުން ވަކިކުރަން މަސައްކަތް ކުރަމުންދާ ކަމަށާއި އެއީ އެތައް އާއިލާއެއްގެ އާމްދަނީއާ ގުޅޭ ބޮޑު ނިންމުމެއް ކަމަށެވެ. އަދި ވަކިކުރާ މުވައްޒަފުންގެ ތެރޭގައި ގިނައީ އެމްޑީޕީ މީހުން ކަމަށް ވެސް ވިދާޅުވި އެވެ.

"އެއީ މަދުވެގެން 25،000 މީހުންގެ އާމްދަނީއާ ގުޅޭ ކަމެއް. 25،000 މީހުންނަކީ ރާއްޖޭގެ އާބާދީގެ 20-25 ޕަސެންޓް މީހުންގެ ވާހަކަ އަޅުގަނޑުމެން މި ދައްކަނީ. ކޮވިޑްގެ ޕެންޑަމިކްގެ ތެރޭގައި އަޅުގަނޑުމެން ސަރުކާރުން 22،945 މީހުން ވަޒީފާ ގެއްލިގެން ނޫނީ މުސާރަ ނުދެވިގެން އަޅުގަނޑުމެން ގެންގުޅުނިން،" އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު ވިދާޅުވި އެވެ.

އެސްއޯއީތަކުން މިހާ ގިނަ މުވައްޒަފުން އެއްފަހަރާ ކަނޑާލުމަކީ ކުޑަކަމެއް ނޫން ކަމަށް ފައްޔާޒް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެސްއޯއީތައް "ރޯންގް ސައިޒް" ވީ ގޮތެއްވެސް ޕީސީބީން ހޯދަން ޖެހޭ ކަމަށާއި އިހުމާލުވި މީހުންނާ ދޭތެރޭގައި ފިޔަވަޅުވެސް އަޅަން ޖެހޭ ކަމަށެވެ. 

ފައްޔާޒް ވިދާޅުވީ ކޮވިޑުގެ ތެރޭގައި އެމްޑީޕީގެ ސަރުކާރުން ވަޒީފާ ގެއްލުނު 22،000 އަށް ގިނަ މުވައްޒަފުން ބަލަހައްޓައި، 419 މިލިއަން ރުފިޔާ އެކަމަށް ހިންގި ޕްރޮގްރާމަށް ހަރަދުކުރި ކަމަށެވެ. އޭގެ ސަބަބުން އެތައް އާއިލާތަކެއް އަދި އެތައް ވިޔަފާރިއެއް ސަލާމަތްވި ކަމަށް އޭނާ ވިދާޅުވި އެވެ. 

ފައްޔާޒު ވިދާޅުވީ ކުންފުނިތަކުން މުވައްޒަފުން ވަކިކުރަމުންދާއިރު އޭގެ ތެރެއިން 90 ޕަސެންޓް މީހުންނަކީ އެމްޑީޕީގެ އާއިލާތަކަށް ނިސްބަތްވާ މީހުން ކަމަށެވެ. އެހެންވެ މިއީ މީހުން މަދުކުރަން ކަމަށް ބުނެ އެމްޑީޕީ މީހުން ވަކިކުރަން ކުރާ ކަމެއް ކަމާ މެދު ވެސް ސުވާލު އުފެދޭ ކަމަށް ފައްޔާޒު ވިދާޅުވި އެވެ. 

ސަރުކާރުގެ ކުންފުނިތައް ރައިޓް ސައިޒް ކުރުމުގެ ނަމުގައި ކުންފުނިތަކުން ގިނަ މުވައްޒަފުންތަކެއް ވަކިކުރުމަށް ވަނީ ނިންމައިފަ އެވެ. 

ސަރުކާރު ކުންފުނިތަކުން މުވައްޒަފުންގެ އަދަދު 33 ޕަސެންޓަށް ކުޑަކުރަން ޕީސީބީން ބުނިއިރު "އެދޭ ރާއްޖެ" ހަރަކާތުން ވަނީ ސަރުކާރުގެ ބައިވެރިވުން ނެތި ކުންފުނިތައް ރެގިއުލޭޓްކޮށް ހިންގޭނެ އޮނިގަނޑެއް ގާނޫނު އަސާސީގައި ކަނޑައެޅުމަށް ގޮވާލައިފަ އެވެ. އަދި ކުންފުނިތައް ރެގިއުލޭޓް ކުރުމަށް އުފައްދާފައިވާ ޕީސީބީއަކީ ސަރުކާރުގެ ކޮންޓްރޯލް ނެތް ތަނަކަށް ހެދުމަށް ގޮވާލާފަ އެވެ. 

'އެދޭ ރާއްޖޭ'ގެ ހުށަހެޅުން

ވަކި ސިޔާސީ ފަރާތްތަކަށް ދައުލަތުގެ ކުންފުނިތައް މެދުވެރިކޮށް ފައިދާ ހޯދުމާއި، ކުންފުނިތަކުން ކޮރަޕްޝަން ނައްތާލުމަށް ތިރީގައިވާ ކަންކަން 'އެދޭ ރާއްޖެ' ހަރަކާތުން ހުށަހަޅަމެވެ.

  1. ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުން އެއްބަސްވާ (ނޮމިނޭޓް) މީހުން ޕީސީބީ އަށް އައްޔަންކުރުމާއި، ދައުލަތުގެ ކުންފުނިތައް އުފެއްދޭނީ ރައްޔިތުންގެ މަޖިލީހުގެ މަތިގޭގެ ރުހުން ލިބިގެންކަމަށް ކަނޑައެޅުން.
  2. ޕީސީބީ އަދި މަޖިލީހުން، ކުންފުނި ތަކުގެ ހިންގުމުގެ މިންގަނޑުތަކާ ލަނޑުދަނޑިތައް އާންމުކޮށް، އެލަނޑުދަނޑިތަކަށް ވާސިލްވަނީ ކިހާ ވަރަކަށްކަން ހާމަކުރުން.
  3. ކުންފުނި ތަކަށް މީހުން އައްޔަނު ކުރުމުގައި މެރިޓް-ބޭސްޑް ސިސްޓަމެއް ތައާރަފްކޮށް ތަންފީޒުކުރުން.
  4. ދައުލަތުގެ ކުންފުނި ތަކަކީ އަމިއްލަ ވިޔަފާރިތަކާ ވާދަކުރާ ބަޔަކަށް ނުވުން. އަދި ދައުލަތުގެ ކުންފުނިތަކުން ފޯރުކޮށްދޭންވާނީ އަސާސީ ހިދުމަތާއި ވަސީލަތްތައް. އަދި ދައުލަތުގެ ކުންފުނިތަކުގެ ދައުރަށް ވާންވާނީ އަމިއްލަ ވިޔަފާރިތަކަށް ނުކުރެވޭ، ނުވަތަ ކުރަން ދަތި ކަންކަމަށް ވުމާއެކު، އައު ސިނާއަތު އުފައްދަން މަގުފަހި ކުރުން.

މީގެ ނަތީޖާއަކީ ދައުލަތުގެ ބޭނުމަށް ވުރެ ރައީސްގެ އަމިއްލަ މަސްހަލަތާއި މަންފާއަށް ކުންފުނިތަކުން ކުރަމުންގެންދާ ހޭދަ ނިމުކަށް ގެނެސް ދައުލަތުގެ ކުންފުނިތައް ރެގިއުލޭޓްކޮށް ހިންގުން ހަރުދަނާވުން ކަމަށް "އެދޭ ރާއްޖެ" ޓީމުން ވަނީ ބުނެފަ އެވެ.  

ޕީސީބީން އެ ސާކިއުލާ ނެރުނުއިރު، ބައެއް ސަރުކާރު ކުންފުނިތަކުން ވަނީ މުވައްޒަފުން އަމިއްލައަށް ވަކިވުމަށް ހިތްވަރު ދިނުމަށް ޕެޖޭކުތައް ހުށަހަޅައިފަ އެވެ. އޭގެ ތެރޭގައި މުވައްޒަފުން ވަރަށް ގިނަ ފެނަކައިގެ އިތުރުން އެޗްޑީސީ ހިމެނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;