ads
ދިރާގުގެ ސްޕީޑްބޯޓު ޕްރޮމޯޝަންގެ ފަހު ބޯޓު ހަވާލުކުރަނީ
ދިރާގުން ދޭ ފަހު ސްޕީޑްބޯޓުގެ ނަސީބުވެރިޔާއަށް ބޯޓު ހަވާލުކޮށްފި
ދިރާގުން ކުރިއަށްގެންދިޔަ ފޯރިގަދަ "ވިން 2 ސްޕީޑްބޯޓްސް" ޕްރޮމޯޝަންގެ ދަށުން ދޭ އެންމެ ފަހު ސްޕީޑްބޯޓުގެ ނަސީބުވެރިޔާއާއި ބޯޓު ހަވާލުކޮށްފި އެވެ.
Advertisement

އަލް ޝާލީ މެރިން ބޯޓްޔާޑުގައި ބޭއްވި ހާއްސަ އިވެންޓުގައި، މި ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތް ކަމުގައިވާ ކ. މާލެއަށް އުފަން މުހައްމަދު ޔޫސުފަށް ވަނީ އަލް ޝާލީ މެރިން ކެނެރީ 28 މޮޑެލްގެ ސްޕޯޓްސް ސްޕީޑްބޯޓެއް، ޔަމަހާ 250 ހޯސްޕަވަރުގެ އިންޖީނަކާއެކު ހަވާލުކޮށްފަ އެވެ.

މި އަގުހުރި އިނާމު ހަވާލުކުރުމަށް ބޭއްވި އިވެންޓުގައި، ޔޫސުފަށް ބޯޓު ހަވާލުކޮށް ދެއްވީ ދިރާގު ސީއީއޯ އަދި އެމްޑީ އިސްމާއީލް ރަޝީދެވެ.

މި އިނާމު ލިބުނުކަން އެނގުމުން ކުރެވުނު އިހުސާސްތައް ހިއްސާކުރަމުން ޔޫސުފް ބުނީ، މިއީ އޭނާއަށާއި އޭނާގެ އާއިލާއަށް ލިބުނު ނުހަނު އުފާވެރި ހަބަރެއް ކަމަށެވެ.

your imageދިރާގުން ދިން ސްޕީޑްބޯޓު

ދިރާގުގެ "ވިން 2 ސްޕީޑްބޯޓްސް" ޕްރޮމޯޝަނަކީ އެ ކުންފުނީގެ ޕްރިޕެއިޑް، ޕޯސްޓްޕެއިޑް އަދި ފައިބަރ ބްރޯޑްބޭންޑްގެ ހިދުމަތައް ބޭނުންކުރަމުންދާ އަދި އަލަށް ގުޅުނު ކަސްޓަމަރުންނަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަނަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވާއިރު، މިއީ ގިނަ ބައެއްގެ މެދުގައި ފޯރި އުފެދިގެންދިޔަ ޕްރޮމޯޝަނެކެވެ.

އޮގަސްޓު 2025 ގައި ފެށި މި ޕްރޮމޯޝަނުގައި ބައިވެރިވުމުގެ ފުރުސަތު 31 މާރިޗު 2026 ގެ ނިޔަލަށް ކަސްޓަމަރުންނަށް ވަނީ ލިބިގެންގޮސްފައެވެ. އަދި، މި ޕްރޮމޯޝަންގެ ދަށުން ދީފައިވާ ދެ ސްޕީޑްބޯޓުގެ ތެރެއިން ފުރަތަމަ ސްޕީޑްބޯޓުގެ ލިބިފައިވަނީ އަބްދުﷲ ސައީދަށެވެ.

ދިރާގުން ދަނީ މި ފަދަ ހާއްސަ ޕްރޮމޯޝަންތަކުގެ ޒަރިއްޔާއިން ކަސްޓަމަރުންގެ ދިރިއުޅުމަށް އިތުރު ފާގަތިކަން ގެނެސްދީ، ރާއްޖޭގައި އެ ފަދަ ދެވަނައެއް ނެތް ޕްރޮމޯޝަންތައް ކުރިއަށްގެންދަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;