ސަރުކާރު ކުންފުނިތަކުގެ ބެލެނިވެރި ފަރާތް ޕީސީބީން މިއަދު ހާމަކުރި ގޮތުގައި އަލަށް ބޯޑް މެންބަރުން އައްޔަންކޮށްފައިވާ ކުންފުނިތަކަކީ:
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) - ސ.ފޭދޫ، އާބާދީގެ، ފާތިމަތު އާޒިޔާ ފަތުހީ
މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެމްއެފްއެމްސީ) - ހއ. ތަކަންދޫ، ރަތްވިލާގެ، ހުސައިން އަބްދުލްވާހިދު
ބިޒްނަސް ސެންޓާ ކޯޕަރޭޝަން ލިމިޓެޑް (ބީސީސީ) - ސ.ހިތަދޫ، މީނާޒް، އީނާސް ނަސީރު
ކުންފުނިތަކުގެ ބޯޑަށް އާ ޑިރެކްޓަރުންތަކެއް އައްޔަނުކޮށްފައި މިވަނީ ކުންފުނިތަކުގެ މުވައްޒަފުން މަދުކުރަމުން އަންނަ ދަނޑިވަޅެއްގަ އެވެ.
ދައުލަތުގެ ކުންފުނިތަކުން ތިން މަސްދުވަހުގެ ތެރޭ 33 ޕަސެންޓު މުވައްޒަފުން މަދުކުރަން ޕީސީބީން ވަނީ މި މަހުގެ 12، ގައި އަންގާފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;