ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާ އޮތީ މިއަދު ހެނދުނު ޒުވާނުންގެ މަރުކަޒުގެ ހޯލުގައެވެ. އެ ޖަލްސާގައި ދައުލަތުގެ އިސްވެރިންނާއި ބޭރު ގައުމުތަކުގެ ސަފީރުންނާއި އިއްޒަތްތެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މިއަހަރުގެ މިނިވަންދުވަހުގެ ޖަލްސާއަށް ދައުވަތު ނުލިބުމުން އެކަމުގެ ކަންބޮޑުވުން ކުރީގެ ރައީސް އަދި މައި އިދިކޮޅު ޕާޓީގެ ޗެއާޕާސަން ނަޝީދު ވަނީ ސޯޝަލް މީޑިއާގަިއ ފާޅުކުރައްވާފައެވެ. ނަޝީދު ވިދާޅުވީ މީ މިނިވަންދުވަހުގެ ޖަލްސާއަށް ދައުވަތު ނުލިބުނު ފުރަތަމަ ފަހަރުކަމަށެވެ.
މިނިވަންދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޑރ. މުއިއްޒު މިއަދު ވިދާޅުވީ މިއަހަރަކީ ރާއްޖޭގެ މިނިވަން ދުވަސް ފާހަގަކުރުމަށް އެންމެ ގިނަ ބޭރުގެ ޑިޕްލޮމެޓުން އައި އަހަރުކަމަށެވެ. އެގޮތުން 43 ޤައުމާއި އދ. 5 އެޖެންސީތަކުގެ 113 ޑިޕްލޮމެޓުން މިނިވަންދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެރިވެވަޑައިގަންނަވާކަމަށް ރައީސް މުއިްޒު މިއަދު ވިދާޅުވިއެވެ.
މިއީ ރާއްޖޭގެ ހާރިޖީ ސިޔާސަތުގެ ކާމިޔާބު ފެނިގެންދާކަމެއްކަން ފާހަގަކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ މިއީ ވޭތުވެދިޔަ 10 އަހަރުތެރޭގައި މިނިވަން ދުވަސް ފާހަކުރުމަށް ބޭރުގެ ޤައުމުތަކުން އެންމެ ގިނަ ޑިޕްލިމެޓުން އައި އަހަރުކަމަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;