ads
ގެމަނަފުށި
53 އަހަރުކުރިން ގެއްލުނު ދިޔަދޫ މީހަކު ދިރިހުރިތޯ ބަލަނީ
މީގެ 53 އަހަރު ކުރިން ގެއްލުނު ގއ. ދިޔަދޫ މީހަކު ދިރިހުރިތޯ ބެލުމުގެ މަސައްކަތް އެ އަތޮޅޫ ގެމަނަފުށީ ކައުންސިލުން ފަށައިފިއެވެ.
Advertisement

ގެމަނަފުށީ މެޖިސްޓްރޭޓު ކޯޓުން ކުރި އިއުލާނުގައިވާ ގޮތުން ހޯދަނީ ތަނޑިރަތްމާގެ / ގއ. ދިޔަދޫ، ހަސަން މުހައްމަދެވެ. މި ހަސަން މުހައްމަދަކީ 1973 ވަނަ އަހަރު ގެއްލުނު މީހެކެވެ. 

މި މިހާ ދުނިޔޭގައި ހުރިކަން ނުވަތަ ނެތްކަން އެނގޭ މީހަކު 10 ދުވަހުގެ ތެރޭގައި ގއ ގެމަނަފުށީ މެޖިސްޓްރޭޓު ކޯޓަށް އެންގުމަށް އެކޯޓުން ވަނީ އިއުލާންކޮށްފައެވެ. 

މީގެ ބައި ގަރުނުގެ ކުރިން ގެއްލުނު ހަސަން މުހައްމަދު ދުނިޔޭގައި ހުރިތޯ ބަލަން ކޯޓުން އިއުލާންކޮށްފައި މިވަނީ ތަރިކަ ބެހުމަށް އޭނާގެ ދަރިފުޅު އެ ކޯޓަށް ހުށައަޅާފައިވާ މައްސަލައެއްގައެވެ. 

ރައީސް މައުމޫން ވެރިކަމުގައި ދިޔަދޫއިން މީހުން ފޭބުމަށްފަހު އެރަށު ގިނަ ބަޔަކު ދިރިއުޅެމުން އަންނަނީ ގެމަނަފުށީގައެވެ. ރަށް ގިރުމުގެ ބޮޑެތި މައްސަލަތަކާ ގުޅިގެން ދިޔަދޫއިން މީހުން ހުސްކުރީ 2009 ވަނަ އަހަރުއެވެ. އެރަށުން ފޭބި މީހުން ގެމަނަފުށީގެ އިތުރުން ދެނ ބަދަލުވީ އެއަތޮޅު ކޮނޑޭ އާއި ދާންދޫގެ އިތުރުން ކޮލަމާފުއްޓަށެވެ. 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;