ads
އެމްޓީޑީސީ ސަބްލީޒްކޮށްފައިވާ ގދ.މަގުއްދުވާ: އެ ރަށުގައި އަންނަނީ އަޔާޑާ މޯލްޑިވްސް ރިސޯޓު ހިންގަމުން
އެއްވެސް ރަށެއް ނުއަގުގައި ވިއްކާލާކަށް ނޫޅެން: އެމްޓީޑީސީ
ގދ. މަގުއްދުވާގެ ހެޑްލީސް ނުއަގުގައި ވިއްކައިލަން އުޅޭ ކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އިން މިއަދު ބުނެފި އެވެ.
Advertisement

އެމްޓީޑީސީން ނެރުނު ބަޔާނެއްގައި މިހެން ބުނީ އެ ކުންފުނީގެ ދަށުގައި އޮންނަ ގދ. މަގުއްދުވާގެ ހެޑްލީސް ވިއްކާލަން އުޅޭ ކަމަށް ބައެއް ދިވެހި މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ހަބަރުތައް ދޮގުކުރަމުންނެވެ. 

އެމްޓީޑީސީން ނެރުނު އިއުލާނުގައި ބުނީ ހދ. ނާގޯށި، ގދ. މަގުއްދުވާ އަދި ބ. ކިހަވައްހުރަވަޅި، މި ތިން ރަށަކީ ދިވެހި ސަރުކާރާ އެމްޓީޑީސީއާ ދެމެދު ސޮއިކޮށްފައިވާ ލީސް އެއްބަސްވުންތަކުގެ ދަށުން ޓޫރިސްޓް ރިސޯޓު ތަރައްގީކޮށް ހިންގުމަށް އެ ކޯޕަރޭޝަނުން ކުއްޔަށް ހިފާފައިވާ ތިން ރަށް ކަމަށެވެ. 

އަދި މި ތިން ރަށުގެ ހެޑްލީސްއާ ގުޅޭ އެންމެހާ ހައްގުތަކުގެ މިލްކުވެރި ފަރާތަކީ ވެސް އެމްޓީޑީސީ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

ނަމަވެސް އެ ކޯޕަރޭޝަންގެ ދަށުގައިވާ އެއްވެސް ރަށެއްގެ ހެޑްލީސް ނުވަތަ ހެޑްލީސްއާ ގުޅުން ހުރި ހައްގުގެ އެއްވެސް މިންވަރެއް ވިއްކުމަށް އަދި އެހެން ފަރާތަކަށް ދޫކޮށްލަން މި ވަގުތަށް ނިންމާފައި ނުވާ ކަމަށް އެމްޓީޑީސީން ބުންޏެވެ. 

"މި ނޫން އެފަދަ އެހެން މުއާމަލާތެއް މެދުވެރިކޮށް އެ ކުންފުންޏަށް ލިބިފައިވާ މިލްކުވެރިކަމުގެ ހައްގު ނުވަތަ މަސްލަހަތު، ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ގެއްލޭ ފަދަ ނުވަތަ ހަނިވާ ފަދަ އެއްވެސް ނިންމުމެއް ނިންމާފައި ނުވާނެ، އަދި އެފަދަ މަޝްވަރާއެއް ވެސް އެއްވެސް ފަރާތަކާއެކު ކުރިއަށް ނުދާ ކަމުގެ ޔަގީންކަން ދެން" އެމްޓީޑީސީން ބުންޏެވެ.

އެމްޓީޑީސީން ބުނީ، ކުރިއަށް އޮތްތަނުގައި ވެސް ގާނޫނުތަކާއި ގަވާއިދުތަކާއި ލިސްޓިން ރޫލްސްތަކާ އެއްގޮތަށް، ހާމަކުރަން ޖެހޭ ކަންކަން ހާމަކުރަމުންދާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;