ads
ފުރުގާން މިސްކިތް ކުރިމަތިން ހެދި ޕާކިން ޒޯން. މިތަނުގައި 150 ސައިކަލް ޕާކުކުރެވޭނެކަމަށް ކައުންސިލުން ބުނޭ.
4 ޕާކިނެއް ހަދާ، 1800ވުރެ ގިނަ ސައިކަލް ޕާކުރެވޭގޮތް ހަދައިފިން: ކައުންސިލް
މާލޭގެ އެކި ސަރަހައްދުގައި ޕާކިން އޭރިއާތައް ހަދާ 1800 ވުރެ ގިނަ ސައިކަލް ޕާކުރެވޭނެ ޖާގަ ހަދާދީފައިވާކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.
Advertisement

އެ ކައުންސިލުން ބުނީ މާލެއަށް ދިމާވެފައިވާ ޕާކިން މައްސަލަތައް ހައްލުކޮށްދިނުމަށް މިއަހަރުގެ ތެރޭ މިހާތަނަށް މާލޭގެ ހަތަރު ސަރަހައްދެއްގައި މިހާރު ޕާކުން އޭރިއާތައް ހަދާފައިވާ ކަމަށެވެ. އެގޮތުން އެ ހަތަރު ޕާކިން ސަރަހައްދުގައި 1800 ވރެ ގިނަ ސައިކަލް ޕާކުކުރެވޭނެކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެ އެވެ. 

ކައުންސިލުން ހެދި ޕާކިން އޭރިއާތަކާ ، ޕާކުރެވޭ ސައިކަލްގެ އަދަދުތައް 

  • ފުރުގާން މިސްކިތް ކުރިމަތި މައިޒާން /  150 ސައިކަލް 
  • ދަނޑެހެކު ޕާކިން  / 200 ސައިކަލް 
  • މާފަންނު މައިޒާން ޕާކިން / 1100 ސައިކަލް 
  • ގަލޮޅު މައިޒާން ޕާކިން / 400 ސައިކަލް

މީގެއިތުރުން މާލޭގެ ހަނި ގޯޅިތައް އަލިކުރުމަށް މަގު ބައްތި ޖެހުމުގެ މަސައްކަތްވެސް ބަރާބަރަށް ޝެޑިއުލް ކުރެވިގެން ކުރަމުން އަންނަކަމަށްވެސް މާލޭ ސިޓީ ކައުންސިލުން ބުނެއެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;