ads
ހެލްތު މިނިސްޓަރު ގީލާ އަލީ
ކުރީ ސަރުކާރުން ފެށި 16 މަޝްރޫއު ހުއްޓާލިން، ގެއްލުން 60 މިލިއަން
މިިދިޔަ އެމްޑީޕީން ރާއްޖޭގެ ކުރިޔަށް ގެންދަން ފެށި ސިއްހީ ދާއިރާއާ ގުޅުން ހުރި 16 މަޝްރޫއެއް ކުރިޔަށް ނުގެންދެވިގެން ހުއްޓާލާ އެހެން ބަޔަކާއި ހަވާލުކޮށްފައިވާކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ ވިދާޅުވެއްޖެ އެވެ.
Advertisement

މިއަދު ރައްޔިތުން މަޖލީހުގެ މެމްބަރަކު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ގީލާ އަލީ ވިދާޅުވީ މިދިޔަ ސަރުކާރުން ސިއްހީ ދައިރާގެ 16 މަޝްރީއެއް އެކު ކުނފުނިތަކާއި ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އެ މަޝްރޫއުތަކަށް އެޑްވާންސްކޮށް ފައިސާ ދޫކޮށްފައިވާކަމަށްވެސް މިނިސްޓަރު ގީލާ ވިދާޅުވި އެވެ.  

އެގޮތުން އެ މަޝްރޫއުތަކަށް މިދިޔަ ސަރުކާރުން އެޑްވާންސް ފައިސާގެ ގޮތުގައި 60 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެ ފައިސާ ހޯދަން މަސައްކަތް ކުރަމުން އަންނަކަމަށާއި އެހެންނަމަވެސް އެކަމަށް ގާނޫނީ ގޮތުން ކުރަން ޖެހޭ ހުރިހާކަމެއް އަދިވެސް ނިމިފައި ނުވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މި މަޝްރޫތައް އެ ކުންފުނިންތަކުން އަތުލާ އެހެން ކުންފުނިތަކާއި ހަވާލުކޮށް މިހާރު ކުރަމުން އަންނަ ކަންވެސް މިނިސްޓަރު ގީލާ ވިދާޅުވި އެވެ.  

މިދިޔަ ސަރުކާރުން ދިން މަޝްރޫއުތަކުގެ ފައިސާ ނުލިބޭކަން މިނިސްޓަރު ފާހަގަކުރެއްވުމުން މަޖލީހުގެ ރިޔާސަތުގައި އިންނެވި އޭދަފުށީ ދާއިރާގެ މެމްބަރު އަދި މާލިއްޔަތު ކޮމެޓީގެ ނައިބު މުގައްރިރު އަހްމަދު ސަލީމް ވިދާޅުވީ އެގޮތަށް އެޑްވާންސްކޮށް ފައިސާ ދޫކޮށްފައި ހުރި މައްސަލަތައް މިހާރު މާލިއްޔަތު ކޮމިޓީއަށް ހުށަހަޅަމުންދާ ކަމަށެވެ. އަދި އެކަން ކޮމިޓީން ބަލާ ފިޔަވަޅު އަޅާނެކަމަށް ސަލީމް ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;