މި މަހުގެ އެއްވަނަ ދުވަހުން އަންނަ ސެޕްޓެމްބަރު މަހުގެ 30ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ އުރީދޫ ސުޕައެޕް މެދުވެރިކޮށް 400 ރުފިޔާ ނުވަތަ އެއަށްވުރެ އިތުރު އަދަދަކުން މާސްޓަކާޑު ބޭނުންކޮށްގެން ފައިސާގެ މުއާމަލާތްކުރާ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށެވެ.
މި ޝަރުތު ހަމަވާ ކޮންމެ މުއާމަލާތަކާއެކު ގުރުއަތުގައި ބައިވެރިވުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބޭނެ އެވެ.
އުރީދޫ އެޕް މެދުވެރިކޮށް ލިބެން ހުންނަ އޮޓޯޕޭގެ ސަބަބުން ކާޑުގެ މައުލޫމާތު ރައްކާތެރިކަމާއެކު ސޭވްކޮށް، ބޭނުންވާ ތާރީހެއްގައި އޮޓޯއިން ފައިސާ ދެއްކޭގޮތް ހަމަޖެއްސެ އެވެ. އަމިއްލައަށް ހަނދާންކޮށްގެން ފައިސާ ދެއްކުމުގެ ބަދަލުގައި، އޮޓޯޕޭ ސެޓްއަޕް ކުރުމުން ޝަރުތު ހަމަވާ މުއާމަލާތްތައް އޮޓޯއިން ކުރިއަށްދާނެ އެވެ.
އެ ކުންފުނިން ބުނީ ހިދުމަތްތަކާ ގުޅޭގޮތުން އެހީތެރިކަން ބޭނުންވާ ކަސްޓަމަރުންނަށް އުރީދޫ އޭއައި ޑިޖިޓަލް އެސިސްޓެންޓް "އެވީ" މެދުވެރިކޮށް މައުލޫމާތާއި އެހީތެރިކަން ހޯދޭނެ އެވެ. އަދި ޕްރޮމޯޝަން މުއްދަތު ނިމުމުން، ޝަރުތު ހަމަވާ ކަސްޓަމަރުންގެ މެދުގައި އުރީދޫއިން ނަގާ ގުރުއަތުން ހޮވޭ އެއް ފަރާތަކަށް ދެ މީހުންނަށް މެލޭޝިޔާއަށް ދެކޮޅު ޓިކެޓު ލިބޭނެ ކަމަށެވެ.
ގުރުއަތު ނަގާ ވަގުތު ކަސްޓަމަރަކީ ހިދުމަތް މެދުކެނޑިފައިނުވާ އަދި ދައްކަންޖެހޭ ފައިސާއެއް ނުދައްކައި ނެތް ކަސްޓަމަރަކަށް ވާންޖެހޭނެވެ. ޓޫރިސްޓް އަދި މޮބައިލް ބްރޯޑްބޭންޑް ޕްލޭންތައް އެ ޕްރޮމޯޝަނުގައި ނުހިމެނެ އެވެ.
އެހެންކަމުން އެއްފަހަރު ކުރާ މުއާމަލާތެއް ކަމުގައި ވިޔަސް، ސޭވްކޮށްފައިވާ ކާޑަކުން ކުރާ މުއާމަލާތެއް ކަމުގައި ވިޔަސް ނުވަތަ އޮޓޯޕޭ މެދުވެރިކޮށް ކުރާ މުއާމަލާތެއް ކަމުގައި ވިޔަސް، މާސްޓަކާޑުން ކުރާ ޝަރުތު ހަމަވާ ކޮންމެ މުއާމަލާތަކީ މެލޭޝިޔާ ދަތުރާ ގާތަށް އެޅޭ ފިޔަވަޅެއް ކަމަށް އުރީދޫއިން ބުންޏެވެ.
އުރީދޫ ހިދުމަތްތަކާ ގުޅޭ ގޮތުން އެހީތެރިކަން ބޭނުންވާ ކަސްޓަމަރުންނަށް އުރީދޫ އޭއައި ޑިޖިޓަލް އެސިސްޓެންޓް، "އެވީ" މެދުވެރިކޮށް މައުލޫމާތާއި އެހީތެރިކަން ހޯދޭނެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;