ލީޑް ރޯލުގެ އިތުރުން ޑަބަލް ރޯލަކުން ވެސް އައްޒަ ފެނިގެންދާ މި ފިލްމަކީ ޔާރާ ޕްރޮޑަކްޝަންސްގެ އުފެއްދުމެކެވެ.
ދެވި ފިލްމުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް ދޫކޮށްލި ޓްރެއިލާއިން އެ ފިލްމަކީ ވަރަށް ބިރު ވެރި ފިލްމެއްކަން އެނގިގެންދިޔައެވެ.
އެ ފިލްމުގައި ލޯބީގެ ރަހަ ވެސް އެކުލެވޭކަން ޓްރެއިލާއިން އެނގެއެވެ.
ޔާރާގެ އިތުރުން، ”ޑިއޯން“، ”ވިޝާލް ޒަކީ“، ”އާރް ޓޫ ޒެޑް“، ”ލައިޓްސް އައުޓް“ އަދި ”އަބްދުﷲ މުއާޒް“ ޕްރޮޑަކްޝަންސް ވެސް މި ފިލްމު އުފެއްދުމުގައި ބައިވެރިވެފައިވެއެވެ. އަދި މިއީ މަޝްހޫރު ޑިޒައިނަރ/ އެކްޓަރ ހުސެއިން ޝަދްޔާން ހާޒިމް (ސޭންޑީ) ލިޔެ ޑައިރެކްޓު ކޮށްފައިވާ ފުރަތަމަ ފިލްމެވެ.
އޭނާއާއެކު މި ފިލްމު ލިޔުނީ މިހާރު ޑައިރެކްޝަންގެ ދާއިރާއަށް ވެސް އާ ނަމަކަށް ނުވާ މަޝްހޫރު ޓީވީ/ރޭޑިއޯ ޕްރެޒެންޓަރ ޝަހުދާ މަހްމޫދު އެވެ.
އައްޒަގެ އިތުރުން މި ފިލްމުން ދެން ފާހަގަކޮށްލެވޭ އިތުރު ތަރިންނަކީ، މިހާރު ދިވެހި ފިލްމީ ދާއިރާގައި އެންމެ ކުރިއަރާފައިވާ ފިރިހެން ތަރި ޝަރަފް އަބްދުﷲ އާއި އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) ގެ އިތުރުން ހަމްދާން ސަލީމް، މުހައްމަދު މަނިކު، އަހުމަދު ސައީދު، އަހުމަދު ނިމާލް، ރިޝްމީ ރަމީޒް، އާމިރާ، އާމިނަތު ރަޝީދާ، އަހުމަދު ރިޝްވާން، އަހުމަދު އީސަ، އައިޝަތު ރާއިޝާ އަދި މަލީހާ ވަހީދު (މަލް) އެވެ.
މި ފިލްމުގެ ޓްރެއިލާ އަށް އެއް ދުވަސްތެރޭގައި 2 މިލިއަން އާއި ގާތް ކުރާ އަދަދަކަށް ވިއުސް ލިބިފައިވާ ކަމަށް އެ ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ބުނެފައިވެ އެވެ.
ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހު އޮލިމްޕަހުގައި އަޅުވަން ނިންމާފައިވާ މި ފިލްމުގެ އޮންލައި ބުކިން 7424544 އަށް ގުޅައިގެން ކުރިޔަށް ގެންދެވޭނެ ކަމަށް އެ ޓީމުން ވަނީ ބުނެފައި އެވެ. އަދި މި ފިލްމުގެ އޮންލައިން ބުކިން ވަރަށް ހަލުވި ކަމާއި އެކުގައި ކުރިޔަށްދާ ކަމަށް ދެވީގެ ޓީމުން ބުނެފައިވެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;