މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އަޙްމަދު އައިހަމް ކިޔާ މީހަކު މާލޭ ސިޓީ ކައުންސިލުން ހޯދަން ހުށަހެޅި މައުލޫމާތުގެ ޖަވާބުގައި ވަނީ، މިދިޔަ ފެބްރުވަރީ މަހު އޮތް ބައްދަލުވުމަށް 567،839 ރުފިޔާ 34 ލާރި ހަރަދުކޮށްފައިވާ ކަމަށެވެ. އަދި ޖުލައި މަހުގެ ބައްދަލުވުމަށް 585،137 ރުފިޔާ 34 ލާރި ޚަރަދުކޮށްފައިވާ ކަމަށް ކައުންސިލުން ދިން ޖަވާބުގައި ވެއެވެ.
އޭގެ ފަސް މަސް ފަހުން މިދިޔަ މަހު ބޭއްވި ރައްޔިތުންގެ ބައްދަލުވުމަށް 585،137ރ. ހަރަދުވި އެވެ. އެއީ އިވެންޓް މެނޭޖްމަންޓަށް 360،000ރ. އަދި ސިންގަލް ސޯސްކޮށް ހަވާލުކުރި ވީޑިއޯ ޕްރެޒެންޓޭޝަނަށް 129،600،00ރ. އެވެ.
އެހެންކަމުން، ދެ ބައްދަލުވުމަށް ކައުންސިލުން 1.15 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވެއެވެ. އޭގެން ކޮންމެ ބައްދަލު ވުމަކީ ދެތިން ގަޑިއިރަށް ބާއްވާ ބައްދަލުވުންތަކެކެވެ.
ކައުންސިލުން ކުރާ މަސައްކަތްތަކަށް އާއްމުންގެ ހިޔާލު ހޯދަން ލާމަރުކަޒީ ގާނޫނުގެ ދަށުން ކޮންމެ އަހަރަކު ދެ ބައްދަލުވުން ބާއްވަ އެވެ. އޭގެ ފުރަތަމަ ބައްދަލުވުން ފެބްރުއަރީ މަހު އަދި ދެވަނަ ބައްދަލުވުން ޖުލައި މަހު ބާއްވަން ޖެހެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;