ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭތީ ދޭލިޔާގެ / ވ. ކެޔޮދޫ، އަހްމަދު ފާޒިލް (31އ) ހައްޔަރުކުރީ އޭނާގެ އުފަން ރަށް ކެޔޮދޫއިން ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ ފާޒިލް ހައްޔަރުކޮށްފައިވަނީ ޑްރަގް އެންފޯސްމަންޓާއި، ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި، ވ. އަތޮޅު ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަންގައި ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން މިދިޔަ ބުރާސްފަތި ދުވަހު ކަމަށެ ވެ. މި އޮޕަރޭޝަންގައި، ކެޔޮދޫގައި އޭނާ މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ ދެ ގެއެއް ބަލައިފާސްކޮށްފައިވާކަމަށާއި އެ ބަލައިފާސްކުރުމުގެ ތެރެއިން، މަސްތުވާތަކެތި ކަމަށް ބެލެވޭ 265.01 ގުރާމުގެ ތަކެތި ފެނިފައިވާކަމަށްވެސް ފުލުހުން ބުނެ އެވެ.
މި މައްސަލައާ ގުޅިގެން ފާޒިލްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް މުއްދަތު ޖަހާދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.
މާރާމާރީއެއްގެ މައްސަލައެއްގައިވެސް މިމަހުގެ އެއްވަނަ ދުވަހު ފުލުހުން އަހްމަދު ފާޒިލާއި އޭނާގެ ބޭބެއާއި އިތުރު މީހަކު ކެޔެދޫއިން ހައްޔަރުކުރި އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;