ads
ބާރު ސްޕީޑްގައި ދިޔަ ކާރެއް ކޮންޓްރޯލްނުވެ ސޯލާ ޕެނަލްތަކުގައި ޖެހި އެކޮޅު ކޮޅުން ޖެހިފައި
ލަމްބޯގިނީ އެކްސިޑެންޓް، ޑްރައިވަރު ރިފާއުގެ ލައިސަންސް ހިފަހައްޓައިފި
އިއްޔެ ހެނދުނު ހައިވޭ ހުޅުމާލެއަށް އަރަން އޮންނަ މަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ކާރު ދުއްވި މިޔުނިކް ބ.ކަމަދޫ ހަސަން ރިފާއުގެ ލައިސަންސް ހިފަހައްޓައި މައްސަލަ ބަލަމުން އަންނަކަމަށް ފުލުހުން ބުނެފި އެވެ.
Advertisement

އިިއްޔެ ހެނދުނު ހިނގި އެކްސިޑެންޓުގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ލަމްބޯގިނީ ކާރު ކޮންޓްރޯލް ނުވެ ހައިވޭ ސޯލާ ޕެނަލް ތަކުގައި ހުރި ހޮޅިދަނޑިތަކުގެ ޖެހި ކާރު ވަނީ ފުރޮޅާލާފަ އެވެ. 

ފުލުހުން ބުނީ އެކްސިޑެންޓް ހިނގިއިރު ކާރުގައި ތިބީ ރިފާއުގެ އިތުރުން 13 އަހަރުގެ ކުޑަކުއްޖެއް ކަމަށެވެ. އެކްސިޑެންޓާ ގުޅިގެން އެ ދެ މީހުން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިނުމަށްފަހު ފަހުން ވަނީ ދޫކޮށްލާފައެވެ. މި އެކްސިޑެންޓްގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާތަކެއް ނުލިބޭކަމަށް ހޮސްޕިޓަލުން ބުނެފައިވާކަމަށް ފުލުހުން ބުނެއެވެ.

އެކްސިޑެންޓާ ގުޅިގެން ކާރު ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާއިރު، މައްސަލައިގެ ތަހުގީގަށް ބޭނުންވާ މައުލޫމާތު ނެގުމަށްފަހު ކާރުގެ ބައިތައް ވެރިފަރާތާ ހަވާލުކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ. 

މީގެއިތުރުން ކާރު ދުއްވަން އިން ރިފާއުގެ ލައިސަންސް ހިފަހައްޓާ މައްސަލަ އިތުރަށް ބަލަމުންދާކަމަށް ފުލުހުން ބުނެ އެވެ. 

މި އެކްސިޑޭންޓްގައި ކާރު ފުނޑުފުނޑުވެފައިވާއިރު ހައިވޭގެ ސޯލާ ޕެނަލްތައް ވެސް ވަނީ ހަލާކުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;