ads
ރިސޯޓެއްގެ މަސައްކަތް ކުރާ ދެ މުވައްޒަފަކު ފޮޓޯއަކަށް ހުއްޓި - ފޮޓޯ: ލިލީ ބީޗް ރިސޯޓް އެފްބީ
ރިސޯޓު މުވައްޒަފުންގެ އާމްދަނީ ކުޑަވާނެ ނިންމުމަކަށް ތާއީދު ނުކުރަން: ޓީމް
ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ އާމްދަނީ ކުޑަވާނެ އެއްވެސް ނިންމުމަކަށް ތާއީދުނުކުރާނެ ކަމަށް ޓޫރިޒަމް އެމްޕްލޯއީސް އެސޯސިޝަން އޮފް މޯލްޑިވްސް (ޓީމް) ބުނެފި އެވެ.
Advertisement

ޑޮލަރުން މުސާރަ ލިބޭ މުވައްޒަފުންނާއި އާމްދަނީ ލިބޭ ފަރާތްތަކުން ކަޅު ބާޒާރުގައި އެ ޑޮލަރު ވިއްކުން ނުވަތަ މާރުކުރުމަކީ ކުށެއް ކަމަށާއި އެކަން އެގޮތަށް ނުކުރުމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވަނީ އިލްތިމާސްކުރައްވައިފަ އެވެ. މީގެ އިތުރުން ބޭރު ފައިސާއާ ބެހޭ ގާނޫނުގައިވާ ކެޓަގަރީ "އޭ" ގެ ތަންތަނުން (ރިސޯޓުތަކުން) ޖުމްލަ ލިބޭ އާމްދަނީގެ 40 ޕަސެންޓު ބޭންކުތަކަށް މާރުކުރަން ލާޒިމްކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން އިސްލާހެއް އަންނަނީ ތައްޔާރުކުރަމުންނެވެ.  

ބޭރު ފައިސާގެ މުއާމަލާތް ކުރާ ތަންތަނުގައި އެމްއެމްއޭން ހުއްދަކޮށްފައިވާ ރޭޓަށްވުރެ ބޮޑުކޮށް އެކަން ކުރުމަކީ މިހާރު ވެސް އެމްއެމްއޭގެ ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން ކޮންމެ ޓްރާންސެކްޝަނަކަށް ޖޫރިމަނާކުރެވޭނެ ކުށެއް ކަމަށް އިހުސާން ވިދާޅުވި އެވެ. 

"ގާނޫނުތައް އޮތީ، އެއިން ކޮންމެ ޓްރާންސެކްޝަނަަކަށް ގާތްގަނޑަކަށް 5000 އާއި 1 މިލިއަނާއި ދެމެދަށް ޖޫރިމަނާކުރެވޭ ގޮތަށް" އިހުސާން ވިދާޅުވި އެވެ.

ރިސޯޓު މުވައްޒަފުންގެ ހައްގުތަކަށް ވަކާލާތުކުރާ ޓީމުން ރޭ ނެރުނު ބަޔާނެއްގައި ވަނީ ރިސޯޓުތަކަށް ބޭރު ފައިސާ އިން ލިބޭ އާމްދަނީގެ ތެރެއިން މާރުކުރަންޖެހޭ ބޭރު ފައިސާގެ މިންވަރު  40 ޕަސެންޓަށް މަތިކުރަން ނިންމުމުން، ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މުސާރަ އާއި ސާވިސްޗާޖު ޑޮލަރުގެ ބަދަލުގައި ރުފިޔާ އިން ދޭން މަޖުބޫރުވާނެ ކަަމަށް އިންޑަސްޓްރީން ބުނާ ކަމަށެވެ. 

އެކަން އެހެން އޮތް އިރު ވެސް ސަރުކާރުގެ ނިންމުން ބަދަލުނުުކުރާތީ ކަންބޮޑުވާ ކަމަށާއި މުވައްޒަފުންފެ މުސާރައާއި ސާވިސްޗާޖަށް އަސަރުކުރާނެ އެއްވެސް ފިޔަވަޅެއް އަޅަން ވާނީ އެންމެ ފަހު ފިޔަވަޅެއްގެ ގޮތުގައި ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

"...ރިސޯޓް މުވައްޒަރުންގެ މުސާރަ އާއި ސާވިސްޗާޖަށް އަސަރު ކުރާނެ އެއްވެސް ފިޔަވަޅެއް އަޅަން ވާނީ އެންމެ ފަހުން އަޅާ ފިޔަވަޅެއްގެ ގޮތުގައި ކަމާއި މުވައްޒަފުންނާއި މުވައްޒަފުން ތަމްސީލުކުރާ ފަރާތްތަކާ ފުރިހަމަަ އަށް މަޝްވަރާ ކުރުމަށް ފަހުގަ އެވެ،" ޓީމްގެ ބަޔާނުގައި ބުންޏެވެ.

މި ބަޔާނުގައި ޓީމުން ވަނީ މުވައްޒަފުންގެ މުސާރަ އާއި ސާވިސް ޗާޖު ރުފިޔާއަށް ބަދަލުކުރުމުގެ ބަދަލުގައި ބޭރު ފައިސާގެ ދަތިކަން ހައްލުކުރުމަށްޓަކައި ސަރުކާރުގެ ބޭކާރު ހަރަދުތައް ކުޑަކުރުމަށާއި އަދި ޓޫރިޒަމް ސިނާއަތުން އުފައްދާ ބޭރު ފައިސާ ރަނގަޅު ގޮތުގައި މެނޭޖުކުރުމަށް ސަރުކާރަށް ގޮވާލާފަ އެވެ.

ރިސޯޓު މުވައްޒަފުންގެ މުސާރަ އާއި ސާވިސް ޗާޖަށް އަސަރުކުރާނެ އެއްވެސް ފިޔަވަޅެއް އަޅަންވާނީ އެންމެ ފަހުންއަޅާ ފިޔަވަޅެއްގެ ގޮތުގައި ކަމާއި، މުވައްޒަފުންނާއި މުވައްޒަފުން ތަމްސީލުކުރާ ފަރާތްތަކާ ފުރިހަމައަށް މަޝްވަރާކުރުމަށްފަހު ކަމަށް ޓީމުން ބުންޏެވެ. އެގޮތުން މުވައްޒަފުންގެ އާމްދަނީއަށް ބޮޑެތި އުނިކަން އަންނާނެ ގޮތަކަށް ސަރުކާރުގެ ސިޔާސަތު ބައްޓަން ނުކުރުމާއި އެފަދައިން އަމަލުނުކުރުމަށް ސަރުކާރަށް ގޮވާލާފަ އެވެ.

ސަރުކާރުގެ ނިންމުމާ މެދު ރިސޯޓު ވިޔަފާރިވެރިންގެ ޖަމިއްޔާ، މަޓީން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ޖަމިއްޔާ އިން އިއްޔެ ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރިސޯޓުތަކުން ތެލާއި މުސާރަ އާއި ސާވިސް ޗާޖާއި ޓެކްސްތައް (ޓީޖީއެސްޓީ، ގްރީން ޓެކްސް، ވިތުހޯލްޑިން ޓެކްސް އަދި އިންކަމް ޓެކްސް) އާއި ކުލި އަދި ބޭރު ފައިސާ އިން ދައްކަންޖެހޭ ލޯނުތައް ކަހަލަ ގިނަ ހަރަދުތަކެއް ޑޮލަރުން ކުރަން ޖެހޭތީ ޑޮލަރު އާމްދަނީގެ 40 ޕަސެންޓު މާރުކުރުމަކީ އެ ސިނާއަތަށް ތަހައްމަލު ކުރެވޭނެ މިންވަރެއް ނޫން ކަމަށެވެ. 

އެ ޖަމިއްޔާއިން 146 ރިސޯޓެއް ތަމްސީލުކުރާއިރު އެއީ ރާއްޖޭގެ އިގްތިސާދަށް އެންމެ ބޮޑަށް އިންވެސްޓްކުރާ، ބޭރު ފައިސާ ހޯދައިދޭ އަދި މާރުކުރާ ވިޔަފާރިތައްކަން މަޓީން ވަނީ ހަނދާންކޮށްދީފަ އެވެ. އަދި ގައުމުގެ ބޭރު ފައިސާގެ ހާލަތު ހިމެނޭހެން، ގައުމީ އިގްތިސާދީ މުހިންމު ކަންކަމުގައި އެ ސިނާއަތުން އަބަދުވެސް ސަރުކާރާއެކު އިހުލާސްތެރިކަމާއެކު މަސައްކަތްކޮށްފައިވާނެކަން ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;