ވަކި ޕާޓީއަކަށް ނިސްބަތްނުވާ ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލްހަންނާނު ހުށަހެޅުއްވި އެ ބިލް ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ ތާއީދާ އެކު މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގަތް 59 މެންބަރުންގެ ތެރެއިން 47 ވޯޓުންނެވެ.
އެ ބިލު ފާސްކުރަން ފެނިވަޑައިނުގަންނަވާ ކަމަށް ވޯޓުދެއްވީ އިދިކޮޅު އެމްޑީޕީގެ 11 މެންބަރުންނެވެ.
ލާމަރުކަޒީ ގާނޫނުގެ 1-56 ވަނަ މާއްދާ މިހާރު އޮންނަ ގޮތުންވެސް، ކައުންސިލެއްގެ އިހްތިސާސް ކަނޑައެޅުމުގެ ބާރު ދީފައި އޮންނަނީ ރައީސަށެވެ. އެ މާއްދާއާ ހަވާލާދީ ކައުންސިލްތަކުގެ އިހްތިސާސްގައިވާ ބައެއް ރަށްތަކާއި ފަޅުތައް މީގެ ކުރިން އަތުލާފައިވެ އެވެ. އެގޮތަށް އަތުލާއިރު، އެ ބިމަކަށް ކޮށްފައިވާ އިންވެސްޓްމަންޓަށް އެކަށީގެންވާ ބަދަލެއް ދޭން ޖެހޭ ކަމަށް ގަނޫނުގައި އޮވެ އެވެ.
ސަރުކާރުގެ މަޝްރޫއުތައް ހިންގުމަށްޓަކައި ވަޒީރުންގެ މަޖިލީހުން ނިންމާ ނިންމުމަކުން، ކައުންސިލްތަކުގެ ބިންތައް ސަރުކާރަށް ނެގޭ ގޮތަށް ލާމަޒުކަޒީ ގާނޫނު ބަދަލުކުރަން ހުށަހެޅުއްވި އެ ބިލަށް ރޭގެ ބައްދަލުވުމުގައި ދެތިން އިސްލާހެއް ހުށަހެޅި އެވެ. އަދި ކޮމިޓީގައި ބިލް ފާސްކުރީ ރޭ ހުށަހެޅި މުހިއްމު އިސްލާހަކާ ވެސް އެކުގަ އެވެ.
ކައުންސިލްގެ އިހްތިސާސްގައި ހިމެނޭ "ވަސީލަތްތަކާއި ނުއުފުލޭ ހަރުމުދާގެ ތެރެއިން އެއްވެސް ތަނެއް ނުވަތަ މުދަލެއް" ސަރުކާރަށް ނެގޭނީ، އައަށް ކޮށްފައިވާ އިންވެސްޓްމަންޓަކަށް "އެކަށީގެންވާ ބަދަލެއް" ދިނުމަށް ފަހު ކަމަށް؛ ތިން ވަނަ ފަރާތަކުން އެތަނަށް އިންވެސްޓްކޮށްފައިވާ ނަމަ، އެ ފަރާތަކަށް ވެސް ބަދަލު ދޭން ހިމަނާފައިވޭ
ބަދަލު ދޭނެ އުސޫލުގެ ތަފްސީލު ހިމަނަން އޮތީ އެލްޖީއޭން އެކުލަވާލާ ގަވައިދުގައި
ކައުންސިލް އިހްތިސާސްއިން ބިމެއް ނުވަތަ ތަނެއް ވަކިކުރުމުގެ ކުރިން ސަރުކާރުން ކުރަން ޖެހޭ ބައެއް ކަންކަން ހިމަނާފައިވޭ: އޭގެ ތެރޭގައި އެކަމުގެ މައުލޫމާތު އާންމު ކުރުމާއި އެ ކައުންސިލެއްގެ ހިޔާލާއި މަޝްވަރާ ހޯދުމާއި ޝަކުވާއެއް އޮތް ނަމަ، 14 ދުވަހެއްގެ މުއްދަތެއް ދިނުން ހިމެނޭ
މި އިސްލާހުން މިހާރަށް ވުރެ ފުޅާ ދާއިރާއެއްގައި ކައުންސިލްގެ މިލްކުގައިވާ ތަންތަން އަތުލުމުގެ ބާރު ސަރުކާރަށް ލިބުމުގެ ފުރުސަތު އޮންނާނެ އެވެ. މި އިސްލާހާއެކު ކައުންސިލްތަކުގެ ބާރު ކެނޑޭ ކަމަށް ބުނެ ގިނަ ކަންބޮޑުވުންތަކެއް ވަނީ ފާޅުކޮށްފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;