ads
ރައީސްގެ ޓުއަރިޒަމް އެޑްވައިޒަރު ހަލީލު
ރައީސްގެ ޓޫރިޒަމް އެޑްވައިޒަރު ހަލީލް އިސްތިއުފާދެއްވައިފި
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޓޫރިޒަމް އެޑްވައިޒަރުގެ މަގާމުގައި ހުންނެވި މުހައްމަދު ހަލީލް އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
Advertisement

ހަލީލް އިސްތިއުފާ ދެއްވާފައި މިވަނީ މަރުކަޒީ ބޭންކު (އެމްއެމްއޭ) ހުށައަޅައިގެން ރިސޯޓުތަކަށް ލިބޭ ޑޮލަރު އާމްދަނީގެ 40 އިންސައްތަ ބޭންކުތަކަށް މާރުކުރުން މަޖުބޫރުކުރާ ގޮތަށް ބޭރު ފައިސާއާ ބެހޭ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފައި ވަނިކޮށެވެ.

ހަލީލް އިސްތިއުފާ ދެއްވިކަން ރައީސް އޮފީހުން "ސީއެންއެމް" އަށް ވަނީ ކަށަވަރު ކޮށްދީފަ އެވެ. ނަމަވެސް އިސްތުއުފާ ދެއްވި ސަބަބެއް ނުބުނެ އެވެ. އެނގިފައިވާ ގޮތުގައި ހަލީލް އިސްތިއުފާދެއްވީ ރިސޯޓުތަކަށް ލިބޭ ޑޮލަރު އާމްދަނީގެ 40 އިންސައްތަ ބޭންކުތަކަށް މާރުކުރުން މަޖުބޫރުކުރާ ގޮތަށް ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެނައި ބަދަލާއި ގުޅިގެން ނެވެ. 

ރިސޯޓުތަކަށް ލިބޭ ޑޮލަރު މާރު ކުރުމަށް މިހާރު އޮންނަ 20 އިންސައްތަގެ ރޭޓު 40 އިންސައްތަ އަށް ބޮޑު ކުރަން ނިންމިކަން އެމްއެމްއޭއިން ބުނީ މިދިޔަ ހޯމަ ދުވަހު އެވެ. އެއާއި އެކު އެ އިސްލާހު މަޖިލިހަށް ހުށައަޅުމުން ސަރުކާރުގެ މެޖޯރިޓީ އޮން  މަޖިލިހުން މިއަދު ވަނީ އެ އިސްލާހު އެއް ދުވަސް ތެރޭ   ފާސްކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;