ads
ރައްޔިތުންގެ މަޖިލީހުން އެންމެ ފަހުން ފާސްކުރި ހަތް ބިލުގެ ތެރެއިން ބިލެއް ތަސްދީގުކުރެއްވުމަށް ޓަކައި ރައީސް ޑރ.މުހައްމަދު މުއިއްޒު މިއަދު އެ ބިލުގައި ސޮއިކުރައްވަނީ - ފޮޓޯ: ރައީސް އޮފީސް
ބޭރުގެ ޓުއާ އޮޕަރޭޓަރުން އަތުން ޖީއެސްޓީ ނެގުން ލާޒިމުކުރާ ބިލު ތަސްދީގުކުރައްވައިފި
ރާއްޖޭގައި ޑެސްޓިނޭޝަން ޕްރިންސިޕަލް ތަންފީޒުކޮށް ބޭރުގެ ބުކިން ޕްލެޓްފޯމުތަކާއި ޓްރެވެލް އެޖެންޓުން އަދި ޓުއަ އޮޕަރޭޓަރުން ފޯރުކޮށްދޭ ހިދުމަތުން އަންނަ އޮކްޓޯބަރު މަހުން ފެށިގެން ޖީއެސްޓީ ނަގާ ގޮތަށް ގާނޫނަށް ގެނައި އިސްލާހު ރައީސް މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފި އެވެ.
Advertisement

މި އިސްލާހުގެ މައިގަނޑު މަގުސަދަކީ، ރާއްޖޭގެ ޑެސްޓިނޭޝަން ޕްރިންސިޕަލް ތަންފީޒުކުރަން ފެއްޓުމަށްޓަކައި، އޯފްޝޯ ބުކިން ޕްލެޓްފޯމްތަކާއި، ފޮރިން ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އޭޖެންޓުން ފޯރުކޮށްދޭ މުދަލާއި ހިދުމަތުން ޖީއެސްޓީ ނެގުމުގެ އުސޫލުތައް ގާނޫނުގައި ބަޔާންކުރުމާއި، ޓެކްސް ނެގުމުގެ ނިޒާމު ތަންފީޒުކުރުމުގައި ދިމާވާ ދަތިތައް ހައްލުކޮށް އެ ނިޒާމު އިތުރަށް ހަރުދަނާކުރުމެވެ.

މި އިސްލާހާ ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާއިން އަލަށް ޖީއެސްޓީ ނެގޭނެ މުދަލާއި ހިދުމަތުގެ ގޮތުގައި ކަނޑައަޅާފައިވަނީ، ރާއްޖޭގައި ވިޔަފާރީގެ ދާއިމީ މަރުކަޒެއް ނެތް ފަރާތްތަކުން ފޯރުކޮށްދޭ އިންބައުންޑް ޕްރޮޑަކްޓްތައް ކަމަށްވާ، ހުރުމާއި ކެއުން، ދަތުރުފަތުރު އަދި އެނޫންވެސް ފަތުރުވެރިކަމާ ގުޅުންހުރި ހަރަކާތްތަކަށެވެ.

މި ޓެކްސް ނެގުމަށް ހަމަޖެހިފައިވަނީ މިހާރުވެސް ޓޫރިޒަމް ދާއިރާގެ މުދަލާއި ހިދުމަތުން ޓެކްސް ނަގާ ރޭޓް ކަމުގައިވާ 17 އިންސައްތައިގެ ރޭޓުންނެވެ.

އަލަށް ތައާރަފްކުރެވޭ ޓެކްސް ނަގަން ފަށާނީ، މި އަހަރުގެ އޮކްޓޫބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ. އަދި މި އިސްލާހާ ގުޅިގެން އެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކަށް ގެންނަންޖެހޭ އިސްލާހުތަކާއި، ގާނޫނުގެ ދަށުން އަލަށް އެކުލަވާލަންޖެހޭ ގަވާއިދުތައް، މި ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެކުލަވާލައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރަންޖެހެ އެވެ.

ޑެސްޓިނޭޝަން ޕްރިންސިޕަލް ތަންފީޒު ކުރުމަށް ގާނޫނަށް އިސްލަހު ގެނެސްފައިވާއިރު ޓިއަ އޮޕަރޭޓަރުން ފޯރުކޮށްދޭ ހިދުމަތުން ޖީއެސްޓީ ނަގާ ގޮތަށް ގާނޫނަށް ގެނެސްފައިވާ އިސްލާހާ އެކު، ހަމަހަމަ ގޮތެއްގައި އެކަން ތަންފީޒުކުރުމަށް ގޮވާލާ ރާއްޖޭގެ ފަތުރުވެރިކަން ވިއްކާ ބޭރުގެ ޓްރެވަލް އެޖެންޓުންނާއި ޓުއަ އޮޕަރޭޓަރުން ވަނީ އޮންލައިން ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފަ އެވެ.

ގާނޫނަށް ގެނެސްފައިވާ އިސްލާހުތަކާ މެދު މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާޒް (މަޓާޓޯ) އިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;