ads
ސީޒަން މާލޭ ސިޓީކައުންސިލްގެ ސޯފާއެއްގައި ނިދާފައި:ފޮޓޯ ޓިކްޓޮކް ވީޑިއޯއަކުން
މައްސަލަ ހައްލު ނުވުމުން، ސީޒަން ނިދަން ވަނީ މާލެ ސިޓީ ކައުންސިލަށް
ފުލުހުންނަށް ހުށަހަޅައިގެން ވެސް ދިރިއުޅޭ ގެ ކައިރީގައި އަޑުގަދަކުރާ މައްސަލައަށް ހައްލެއް ނުލިބުމުން، މަޝްހޫރު ފިލްމީތަރި އަލީ ސީޒަން ހެނދުނު ގަޑީގައި މާލޭ ސިޓީ ކައުންސިލަށް ގޮސް އެތަނުގެ ސޯފާއެއްގައި ނިދައިފިއެވެ.
Advertisement

އޭނާއަށް އުނދަގޫވެގެން ކައުންސިލަށް ދާންޖެހުނީ، ގެ ކައިރީގައި ދަގަނޑު ކިރާ ބަޔަކު ދަގަނޑުތައް ގުޑުވައި އަދި އެފަދަ ބަރު ތަކެތި ވައްޓާލާ އަޑުގަދަވުމުގެ ސަބަބުންނެވެ. މި މައްސަލައަށް އެދެވޭ ހައްލެއް ހޯދުމަށް ފުލުހުންގެ ކިބައިން ވެސް އެއްވެސް ކުރިއެރުމެއް ލިބިފައި ނުވާކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

ސީޒަން ސިޓީ ކައުންސިލަށް ނިދަން ދިޔައީ ސޯޓުބުރިއަކާއި ޓީޝާޓެއް ލައިގެންނެވެ. އޭނާ އެތަނަށް ދިޔައިރު އަތުގައި ތުވާއްޔެއް އޮތްއިރު، ޖީބުގައި ދަތްއުނގުޅާ ބުރުހަކާއި ޝަވާޖެލް ފުޅިއެއް ވެސް އޮތް ކަމަށް ވެއެވެ.

your imageއަލީ ސީޒަން

ސީޒަން ކައުންސިލަށް ގޮސްފައިވަނީ މޫނުމަތީގައި މާސްކެއް އަޅައިގެން ކަމަށްވުމުން، އެންމެ ފުރަތަމަ އެއީ ސީޒަންކަން ގަބޫލުކުރަން މާލޭ ސިޓީ ކައުންސިލްގައި ތިބި މީހުންނަށް ވެސް ދަތިވިއެވެ. ނަމަވެސް ފަހުން އެއީ އޭނާކަން އެމީހުންނަށް ކަށަވަރުވިއެވެ.

ސިޓީ ކައުންސިލްގެ ތެރޭގައި ސީޒަން އޮތްކަން އެނގުމުން، ކައުންސިލްގެ އޮފިޝަލަކު ވަނީ އޭނާއާ ވާހަކަދައްކާފައެވެ. އަދި އޭނާއަށް ދިމާވެގެން އުޅޭ އަޑުގަދަވުމުގެ މައްސަލަ ބަލައި، އެކަމަށް ހައްލެއް ހޯދައިދޭނެކަމަށް ސިޓީ ކައުންސިލުން ބުނިކަމަށް ރިޕޯޓުތައް ބުނެއެވެ. 

38%
ކަމުގޮސްފި
38%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
23%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;