ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ހުރިހާ ދިވެހިންނަކީ ރިސޯޓު ހިއްސާދާރުންގެ ގޮތުގައި ކަނޑައަޅައި، ޑޮލަރު ލިބޭނެ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ގެންދާ ކަމަށާއި 10 ރިސޯޓެއް ހަދާނެ ތަންތަން ވެސް މި ހަފުތާގައި ކަނޑައަޅައި ނިމޭނެ ކަމަށެވެ.
މި މަޝްރޫއުގެ މަންފާއަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، މީގެ ނަތީޖާއަކަށް ވާނީ ކޮންމެ ދިވެހި ރައްޔިތަކީ ވެސް ރިސޯޓް ޝެއާ ހޯލްޑަރަކަށް ވެގެންދިއުން ކަމަށެވެ. އަދި މި ރިސޯޓުތައް ތަރައްގީކޮށް ހުޅުވިގެންދިޔުމާއެކު، ކޮންމެ ބޭފުޅެއްގެ އެކައުންޓަށް ޑޮލަރުން ފައިސާ ޖަމާވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ސަރުކާރުގެ ކުންފުންޏަކުން ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި 10 ރަށެއް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަން ނިންމާފައިވާ ކަމަށާއި، އެ އިން ލިބޭ ފައިދާއިން ކޮންމެ ދިވެއްސަކަށް އަހަރަކު 400 ޑޮލަރު ދޭން ފަށާނެ ކަމަށް ރައީސް މުއިއްޒު އެންމެ ފުރަތަމަ އިއުލާން ކުރެއްވީ މިދިޔަ ފެބްރުއަރީ މަހު ރައްޔިތުންގެ މަޖިލީހުގައި އިއްވެވި ރިޔާސީ ބަޔާނުގަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;