ads
ރައީސް މުހައްމަދު މުއިއްޒަށް ބޮޑުބޭބެ ވިދާޅުވާ ހައްސާން
ރިސޯޓް ހަދަން ހައްސާން 3 ރަށެއް ދިން، އެހެންވެ ސަރުކާރުން ވަކިކޮށްފިން: ރައީސް މުއިއްޒު
ޔޫއޭއީގައި ހުންނަ ދިވެހި އެމްބަސީގެ ޑެޕިއުޓީ އެމްބަސަޑަރަކަށް ހުންނެވި، ހައްސާން ވަހީދުގެ ހިއްސާ އޮންނަ ކުންފުންޏަކަށް ރިސޯޓެއް ހަދަން ވެގެން 3 ރަށެއް ދިނުމުން އޭނާ ވަޒީފާއިން ވަކިކޮށްފައިވާކަމަށް ރައީސް ޑރ، މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

ހައްސާންގެ ކުންފުންޏަކަށް ރިސޯޓް ހަދަން ދީފައިވަނީ ތ. އަތޮޅުގެ ތިން ރަށެކެވެ. މި ރަށްތައް ނެގި އަޔަތާނާއީޕް ހޮސްޕިޓާލިޓީސް ޕްރައިވެޓް ލިމިޓެޑުގައި ހިއްސާ އޮންނާނީ ހައްސާނާއި އިންޑިއާާގެ ވިޔަފާރިވެރިން ތަކެވެ. 

މި ތިން ރަށް ހައްސާނުގެ ކުންފުންޏަކަށް ދިންކަމާއި އެކަމާއި ގުޅޭ ލިޔެކިޔުންތައް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަަތީ އެކަމުގެ ހަގީގަތް އޮޅުފިލުވާދިނުމަށް މިއަދު ނޫސްވެރިޔަކު ވަނީ ރައީސް މުއިއްޒާ ސުވާލުކުރައްވާފަ އެވެ. 

އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ އެ ވާހަކަތައް އެމަނިކުފާނަށް އެނގިވަޑައިގެންނެވީ ބައެއް ނޫސްތަކުން ކަމަށެވެ. އެކަމާ ގުޅިގެން ސުވާލު ކުރުމުން ހައްސާންގެ ހިއްސާ އޮންނަ ކުންފުންޏަކަށް ރަށްތައް ދީފައިވާކަން އެއީ ތެދުކަން އެނގި ވަޑައިގެންނެވިކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ. 

" އަޅުގަނޑުގެ އާއިލާއަކީ ވެސް ވަރަށް ގިނަ ބޭފުޅުން ހިމެނޭ އާއިލާއެއް. އަޅުގަނޑަށް ތި މައުލޫމާތު ލިބިގެން އެ ބޭފުޅާ އާ ސުވާލު ކުރިން ތިއީ ތެދެއްތޯ. ވިދާޅުވި ތިމަންނަގެ ހިއްސާ އޮންނަ ކުންފުންޏެކޭ، އަދި އަޅުގަނޑު ވެސް އިކޮނޮމިކް މިނިސްޓްރީގެ ޕޯޓަލަށް ވަދެ ބަލާލިން..... "އަޅުގަނޑާ ބެހޭ ކަމެއް ވެސް ނޫން ތިޔައީއެއް." ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ އޭނާ ސަރުކާރުގެ މަގާމެެއް ހުރެ އެފަދަ ކަމެއް ކުރުމަކީ ގަބޫލު ކުރެވޭކަމެެއް ނޫންކަމުން މިހާރު ވާނީ ވަޒީފާއިން ވަކިކޮށްފައި ކަމަށެވެ.

"އަޅުގަނޑު ގަބޫލު ކުރާ ހަމައެއް ނޫން، ސަރުކާރުގެ މަގާމެއްގައި ހުރި މީހަކު އެ ކަހަލަ ކަމެއް ކުރުމަކީ އަޅުގަނޑު އެހެންވެގެން އޭނާ ވަޒީފާއިން ވަކިކޮށްފައި ހުންނާނީ މިހާރު،" ރައީސް ވިދާޅުވި އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ރައީސް މުހައްމަދު މުއިއްޒަށް ބޮޑުބޭބެ ވިދާޅުވާ ހައްސާން ދީފައިވަނީ ތ. އަތޮޮޅުގައި އޮންނަ ފުއްޓާއި ވަންބަންޖާއި ކަނި  އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;