"ނޭޗަރ ބަޔޯޓެކްނޮލޮޖީ" ޖާނަލްގައި ޝާއިޢުކުރެވުނު ދިރާސާއަކުން ދައްކާ ގޮތުގައި، އިންސިލިކޯ މެޑިސިން (Insilico Medicine) އިން އޭއައި ނިޒާމުތައް ބޭނުންކޮށްގެން ފަރުމާކޮށްފައިވާ "ރެންޓޯސަރޓިބް" (rentosertib) ނަމަކަށް މާނަކުރެވޭ ބޭސް ބޭނުންކުރި ކްލިނިކަލް ޓްރަޔަލްގެ ބައިވެރިންގެ ބަޔޮލޮޖިކަލް އުމުރު ވަނީ 3 އަހަރާއި 6 އަހަރާ ދެމެދުގެ މުއްދަތަކަށް ކުޑަކުރެވިފައެވެ. މިއީ ސައިންސްގެ ތާރީޚުގައި އޭއައި ބޭނުންކޮށްގެން އުފެއްދި ބޭހަކުން އިންސާނާގެ އުމުރު ޒުވާންކުރުމުގައި މިފަދަ ބޮޑު ކާމިޔާބީއެއް ހޯދި ފުރަތަމަ ފަހަރެވެ.
މި ދިރާސާގެ ހޯދުންތައް މުޅި ދުނިޔޭގެ ސައިންސްވެރިންގެ ސަމާލުކަމަށް އައިސްފައިވާއިރު، މިއީ ބޭސްވެރިކަމުގެ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް ގެނުވާނެ ކަމެކެވެ. "ނޭޗަރ ބަޔޯޓެކްނޮލޮޖީ" ގައި ޝާއިއުކޮށްފައިވާ މި ދިރާސާއަކީ އިލްމީ ގޮތުން އެންމެ ފެންވަރު މަތީ އުސޫލުތަކުން ވަޒަންކުރެވިފައިވާ އިތުބާރު ހުރި ދިރާސާއެކެވެ. އިންސިލިކޯ މެޑިސިންއިން އުފެއްދި ރެންޓޯސަރޓިބް ބޭސް ކްލިނިކަލް ޓްރަޔަލްތަކުގައި ބޭނުންކުރި ބަލިމީހުންގެ ހަށިގަނޑަށް އައި ބަދަލުތަކުން އެނގިގެންދިޔައީ، އޭއައިގެ އެހީގައި ފަރުމާކުރެވޭ ބޭސްތަކަށް އިންސާނާގެ އުމުރާ ގުޅިފައިވާ ބަޔޮލޮޖިކަލް މާކަރުތައް އަނބުރާ ޒުވާން އުމުރަކަށް ބަދަލުކުރުމުގެ ގާބިލުކަން ލިބިގެންވާ ކަމެވެ.
މި ދިރާސާގައި ސައިންސްވެރިން ވަނީ ބައިވެރިންގެ ބަޔޮލޮޖިކަލް އުމުރު މިންކުރުމަށްޓަކައި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްފައެވެ. އެގޮތުން، ރެންޓޯސަރޓިބް ބޭނުންކުރުމުގެ ކުރިންނާއި ބޭނުންކުރުމަށްފަހު، ބައިވެރިންގެ ހަށިގަނޑުގެ އުމުރު ވަޒަންކޮށްފައިވަނީ އެކަކު އަނެކަކާ މިނިވަންކޮށް މަސައްކަތްކުރާ 6 ޕްރޯޓީއޯމިކް އޭޖިންގ ކްލޮކް (proteomic aging clocks) ބޭނުންކޮށްގެންނެވެ. މި އެކި ސައިންޓިފިކް ކްލޮކްތަކުން ނެރުނު ނަތީޖާތަކުން ސާފުކޮށް އެނގުނު ގޮތުގައި، ކްލިނިކަލް ޓްރަޔަލްގެ ބައިވެރިންގެ ލަފާކުރެވޭ ބަޔޮލޮޖިކަލް އުމުރު ވަނީ 3 އަހަރާއި 6 އަހަރާ ދެމެދުގެ މިންވަރަކަށް ދަށްވެފަ އެވެ.
އިންސާނާގެ އުފަންވި ތާރީޚަށް ބަލައިގެން ހިސާބު ކުރެވޭ ކްރޮނޮލޮޖިކަލް އުމުރާއި، ހަށިގަނޑުގެ ސެލްތަކާއި ޕްރޯޓީންތަކުގެ ހާލަތަށް ބަލައިގެން ހިސާބު ކުރެވޭ ބަޔޮލޮޖިކަލް އުމުރަކީ ތަފާތު ދެ މިންގަނޑެކެވެ. ބަޔޮލޮޖިކަލް އުމުރު ދަށްވުމަކީ ހަށިގަނޑުގެ ސެލްތަކާއި ގުނަވަންތައް ވަރުގަދަވެ، ޒުވާން ހާލަތަކަށް އަނބުރާ ރުޖޫއަވުމެވެ. އިންސިލިކޯ މެޑިސިންގެ ރެންޓޯސަރޓިބް ބޭހުން ހޯދައިދިން މި ކާމިޔާބީއަކީ، 6 މިނިވަން ޕްރޯޓީއޯމިކް އޭޖިންގ ކްލޮކްތަކުން ޔަގީންކޮށްދީފައިވާ ގޮތުގައި، އިންސާނާގެ ބަޔޮލޮޖިކަލް އުމުރު 3 އަހަރާއި 6 އަހަރާ ދެމެދުގެ މުއްދަތަކަށް ކުޑަކޮށްދިން ފުރަތަމަ އޭއައި ބޭހެވެ.
އިންސިލިކޯ މެޑިސިންއަކީ އޭއައި ބޭނުންކޮށްގެން އާ ބޭސްތައް ހޯދުމާއި ފަރުމާކުރުމުގައި މުޅި ދުނިޔޭގައިވެސް އެންމެ ކުރީގައި އުޅޭ އެއް ކުންފުންޏެވެ. އެކުންފުނިން ރެންޓޯސަރޓިބް އުފެއްދުމުގައި އޭއައި އެލްގޮރިދަމްތައް ބޭނުންކޮށްގެން ވަނީ ހަށިގަނޑުގެ ސެލްތަކުގެ މޮލިކިއުލަރ ފެންވަރުގައި މަސައްކަތްކުރާނެ ގޮތް ތަހުލީލުކޮށްފަ އެވެ. އޭއައިގެ ސަބަބުން ބޭސް ފަރުމާކުރުމުގެ މަރުހަލާ އަވަސްވެ، އެންމެ އެކަށީގެންވާ ކެންޑިޑޭޓް މޮލިކިއުލް ހޯދުމަށް މަގުފަހިވެގެންދިޔައެވެ. މިގޮތުން އުފެއްދި ރެންޓޯސަރޓިބް ކްލިނިކަލް ޓްރަޔަލްތަކުގައި ބޭނުންކުރުމުން ލިބުނު ނަތީޖާއަކީ ސައިންސްވެރިންވެސް އުއްމީދުކުރި ވަރަށްވުރެ ބޮޑު ކާމިޔާބީއެކެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;