މި ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށްޓަކައި، ސަރުކާރު ހިއްސާވާ ކުންފުނިތައް (އެސްއޯއީ) އިސްލާހު ކުރެއްވުމަށް ރައީސް މުއިއްޒު ވަނީ މުހިންމު ނިންމެވުންތަކެއް ނިންމަވާ އެކަން އިއްޔެ އިއުލާނު ކުރައްވާފަ އެވެ.
އެގޮތުން ފެނަކަ އުވާލައި އެ ކުންފުނީގެ ޔުޓިލިޓީ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކޮށް، ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން އުވާލައި އެ ކުންފުނިން ހިންގާ މަގުހެދުމުގެ މަސައްކަތްތައް އެމްޓީސީސީގެ ދަށަށް ބަދަލުކުރުމަށް ވެސް ރައީސް ވަނީ ނިންމަވާފަ އެވެ.
މި ނިންމެވުންތަކަކާ ގުޅިގެން ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ފަހުމީ ވިދާޅުވީ، ރައީސް މުއިއްޒު އިއުލާން ކުރެއްވި އެސްއޯއީ ކުންފުނިތައް އިސްލާހުކުރެއްވުމަށް ނިންމަވާފާވާ ނިންމެވުންތަކަކީ އިސްރާފު ކުޑަ، ވަރުގަދަ އަދި މާލީ ގޮތުން ދެމެހެއްޓެނިވި ދައުލަތުގެ ޚިދުމަތުގެ ދާއިރާއެއް ބިނާކުރުމަށް އެޅުނު މުހިންމު ނިންމެވުންތަކެއް ކަމަށެވެ.
މީގެއިތުރުން މިއީ ޒިންމާދާރުކަން އިތުރުކޮށް ދިވެހި ރައްޔިތުންނަށް އެންމެ ހެޔޮއެދޭ ހިދުމަތްތަކެއް ފޯރުކޮށްދެވޭނެ ނިންމުމެއް ކަމުގައި ވެސް އޭނާ ވިދާޅުވެފައިވެއެވެ.
މާނަހުރި އިސްލާހީ ބަދަލުތަކެއް ގެނެވޭނީ އުނދަގޫ ނިންމެވުންތައް ނިންމައިގެންނާއި، އެކަންކަން ތަންފީޒުކުރުމުގެ އަޒުމުގަ، މިއީ ސާފު މަގްސަދެއްގައި ގެެނެވޭ އިސްލާހީ ނިންމުމެއް ކަމުގައި ފަހުމީ ވިދާޅުވި އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;