ads
އިމިގްރޭޝަން އިން ބިދޭސީން ތަކެއްގެ ސައްހަކަން ކަށަވަރު ކުރަނީ
ގަވާއިދާ ހިލާފަށް ބޭރު ފައިސާގެ މުއާމަލާތް ކުރާ 65 މައްސަލައެއް ހޮޓްލައިނަށް
ގަވާއިދާ ހިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހޯދުމަށް ފުލުހުން ގާއިމުކޮށްފައިވާ ހޮޓްލައިނަށް، ޓާސްކްފޯސްގެ މަސައްކަތްތަކާ ގުޅުންހުރި 65 މައްސަލައެއް އާންމުން ހުށަހަޅައިފި އެވެ.
Advertisement

ޓާސްކްފޯސްގެ މަސައްކަތްތަކާ ގުޅޭގޮތުން ހޮޓްލައިނަށް ލިބުނު މައުލޫމާތުތަކުގެ ތެރޭގައި ހިމެނެނީ 27 ބިދޭސީއެއްގެ މައުލޫމާތު ކަމަށް ފުލުހުން ބުންޏެވެ. 

އޭގެ އިތުރުން ހުއްދަނެތި ބޭރު ފައިސާ ގަނެވިއްކުމުގެ ވިޔަފާރި ކުރަމުންދިޔަ 18 ތަނެއްގެ މައުލޫމާއި ގަވާއިދާ ހިލާފަށް ބޮޑުއަގުގައި ބޭރު ފައިސާ ގަނެވިއްކާ 4 ތަނެއްގެ މައުލޫމާތު ފުލުހުންނަށްވަނީ ލިބިފަ އެވެ. 

އަދި އެފަދަ މުއާމަލާތްތައް ހިންގާ 16 އޮންލައިން ޕްލެޓްފޯމެއްގެ މައުލޫމާތުވެސް ފުލުހުންނަށް ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ. 

އެ މައުލޫމާތުތަކާ ގުޅިގެން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، ބިދޭސީއަކު މިހާރު ވަނީ މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

އޭގެ އިތުރުން ރިޕޯޓުކޮށްފައިވާ އެހެނިހެން ފަރާތްތަކުގެ މައުލޫމާތު ކަށަވަރުކޮށް، ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ހިދުމަތާއި ކަމާގުޅުންހުރި އިދާރާތައް ގުޅިގެން ދަނީ ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;