ރައީސް އޮފީހުގެ ވެބްސައިޓުން ފެންނަ ގޮތުގައި ސީނިއާ މިިނިސްޓަރު ފެންވަރުގައި މި ވަގުތު ހުންނެވީ ވެސް ފަޔާޒު އެކަންޏެވެ.
ޗީފް އޮފް ސްޓާފްގެ މަގާމަކީ ސީނިއާ މިނިސްޓަރުގެ ފެންވަރުގެ މަގާމެއް ކަމަށް ސަރުކާރުން ކަނޑައެޅީ ކޮން އިރަކު ކަމެއް ނޭނގެ އެވެ.
ފަޔާޒަކީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ޓްރާންސްޕޯޓު މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމުގައި ހުންނެވުމަށް ފަހު 2020 ވަނަ އަހަރު އެ މަގާމުން އިސްތިއުފާ ދެއްވި ބޭފުޅެކެވެ.
ފަޔާޒު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހައުސިން މިނިސްޓަރު ކަމުގައި ހުންނެވިއިރު އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ވެސް ކުރައްވައިފަ އެވެ.
އެންމެ ފުރަތަމަ ސީނިއާ މިނިސްޓަރުގެ ފެންވަރުގައި، މި ސަރުކާރުގައި އައްޔަންކުރީ މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމެވެ. ރައީސް މުހައްމަދު މުއިއްޒުގެ ހާއްސަ އެޑްވައިޒަރެއްގެ ގޮތުގައި އަބްދުއްރަހީމް އައްޔަންކުރީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތް ދުވަހުގަ އެވެ. މަޖިލީހަށް އިންތިހާބުވުމުން އަބްދުއްރަހީމް ވަނީ ރައީސްގެ ހާއްސަ އެޑްވައިޒަރުގެ ގޮތުގައި އައްޔަންކުރި މަގާމު ދޫކޮށްލައްވައިފަ އެވެ.
ސީނިއާ މިނިސްޓަރުގެ ފެންވަރުގައި ރައީސް އޮފީހުގައި ބޭފުޅުން ބައިތިއްބަވަން ފެށްޓެވީ ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގަ އެވެ. އެގޮތުން، އޭރު އެ މަގާމު ފުރުއްވި ބޭފުޅުންގެ ތެރޭގައި ފަތުހުﷲ ޖަމީލް އާއި އަބްދުﷲ ހަމީދުގެ އިތުރުން، އުމަރު ޒާހިރު ހިމެނިވަޑައިގަންނަވަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;