އެ ސަރަހައްދުގައި ހުރި ސީއެންއެމްގެ ރިޕޯޓަރު ބުނީ އެމީހާ ވެއްޓިފައިވަނީ އެ ގާތަކުގައި ހުރި ހުސް ދިމާލަކުން ވަރަށް އެތެރެއަށް ކަމަށެވެ. އެމީހާ ގާތަކުގެ އެތެރޭގައި އޮވޭ ނަގައިދޭން ގޮވާ އަޑު ބޭރަށް އިވޭކަމަށްވެސް އެ ސަރަހައްދުގައި ހުރި ސީއެންއެމްގެ ރިޕޯޓަރު ބުނެ އެވެ.
އެމީހާ ނެގުމަށް އެ ސަރަހައްދުގައި ފުުލުހުންނާއި ސިފައިންގެ ފަޔާ އެންޑް ރެސްކިއު ޓީމުން އަންނަނީ ހަރަކާތްތެރިވަމުން ނެވެ. އެގޮތުން އެ މީހާ ނެގުމަށް ގާ ތަޅާލުމުގެ މަސައްކަތް ސިފައިން އަންނަނީ ކުރަމުން ނެވެ.
ގާތަކުގެ ތެރޭ ތާށިވި މީހާ ނެގުމަށް ސިފައިން އެ ގާތަކަށް ކަނޑާލުމުގެ މަސައްކަތްވެސް ކުރަނީ
އެ ސަރަހައްދަށް މިހާރު ގިނަ ބަޔަކު އެއްވެފައިވާއިރު އެ ސަރަހައްދަށް މިހާރު އޮތީ އެމްބިއުލާންސްވެސް އެމެޖެންސީގައި ތައްޔާރަށެ ވެ.