ads
އއ. ތޮއްޑޫގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން އިމިގްރޭޝަނުން މިއަދު ކުރިއަށްގެންދިޔަ އޮޕަރޭޝަން. - ފޮޓޯ: އިމިގްރޭޝަން
ތޮއްޑޫއިން 107 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި
‏އއ. ތޮއްޑޫގައި ގަވާއިދާ ހިލާފަށް އުޅޭ 107 ބިދޭސީން ހައްޔަރުކޮށްފި އެވެ.
Advertisement

އިމިގްރޭޝަންގެ ޓާސްކްފޯހަކުން މިއަދު ހިންގި އެ އޮޕަރޭޝަނަކީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ބޮޑު ކަމަށް އާންމުންގެ ގިނަ ޝަކުވާތަކެއް ލިބިގެން ހިންގި އޮޕަރޭޝަނެކެވެ.

އެ އޮޕަރޭޝަން ކުރިއަށްގެންދިޔައީ މިއަދު ހެނދުނު 6 އިން ހަވީރު 4 އަށެވެ.

މުޅި އޮޕަރޭޝަންގައި ޖުމްލަ 507 ބިދޭސީން ބަލައި ފާސްކޮށް، އޭގެ ތެރެއިން 107 މީހުން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ފަށާފައިވާ ހާއްސަ މަސައްކަތްތަކުގެ ތެރެއިން އިމިގްރޭޝަނުން ދަނީ ބިދޭސީން ދިރިއުޅޭ ތަންތަން ރެއިޑްކުރުން އިތުރުކުރަމުންނެވެ. އެގޮތުން މިދިޔަ ސެޕްޓެމްބަރު މަހާ ހަމައަށް ގަވާއިދާ ހިލާފަށް އުޅުނު 8,600 އަށްވުރެ ގިނަ ބިދޭސީން ވަނީ ރާއްޖެއިން ޑީޕޯޓްކޮށްފަ އެވެ.

މީގެ އިތުރުން ރާއްޖޭގައި އުޅޭ ބިދޭސީންގެ މޫނާއި އިނގިލީގެ ނިޝާން ހިމެނޭހެން ތަފްސީލީ މައުލޫމާތު އެއްކުރުމަށް ހިންގާ "އޮޕަރޭޝަން ކުރަނގި" ގެ ތެރެއިން މިހާތަނަށް ލައްކައަކަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު ވަނީ އެއްކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް