ads
އަންހެނަކަށް ބިރުދައްކައިގެން ފައިސާ ފޭރެން މަސައްކަތް ކުރަނީ: ފުލުހުން ދަނީ މައްސަލަ ބަލަމުން
މަގުމަތިން ބިދޭސީ އަންހެނަކު ހިފަހައްޓައި ފައިސާ ފޭރިގަންނަން އުޅެފި
ރ. މަޑުއްވަރީގައި ބިދޭސީ އަންހެނަކާ މެދު މާރާމާރީ ހިނގައި، ފޭރެން އުޅުނު މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
Advertisement

ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި، ބިދޭސީ އަންހެނަކު ގަދަކަމުން ހިފަހައްޓައިގެން އުޅެނިކޮށް އެކަން ހުއްޓުވީ އެ މަންޒަރު ފެނުނު ދިވެއްސެކެވެ.

ދުވާލުގެ ވަގުތުގައި މަގުމަތީ ފިރިހެންމީހާ އެ އަންހެންމީހާ އޮބަހައްޓައި ގައިމަތީގައި އޭނާގެ އަނގަމަތީ އަތް އަޅައިގެން އިން އިރު އަންހެންމީހާ ރޮމުން ހަޅޭއްލަވަން މަސައްކަތްކުރެ އެވެ.

ވީޑިއޯކުރި މީހާ އޭނާ ދޫކޮށްލަން އެންގުމުން ދޫކޮށްލަމުން، އިންޒާރުދޭތަން ވެސް އެ ވީޑިއޯން ފެނެ އެވެ.

ފުލުހުން މިރޭ ބުނި ގޮތުގައި އެ މައްސަލަ ދަނީ ތަހުގީގު ކުރަމުންނެވެ. ނަމަވެސް، މިހާތަނަށް މީހަކު ހައްޔަރުކުރި ކަމަކަށް ފުލުހުން ނުބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް