ads
މާލެ މަގުމަތީގައި ނުރައްކާތެރިކޮށް ސައިކަލު ދުއްވަނީ
ބާރަށް ޒިގްޒެގުކޮށް ދުއްވި ސައިކަލެއް ކުށްވެރިވެ ޓޯކޮށްފި، ދުއްވި މީހުން މިނިވަން
ބާރަށް ޒިގްޒެގުކޮށް ދުއްވި ސައިކަލެއް ޓޯކޮށް އެ ސައިކަލް ދުއްވި މީހުން ދޫކޮށްލާފައިވާކަމަށް ފުލުހުން ބުނެފި އެވެ.
Advertisement

ފުލުހުން ބުނީ ޓޯކުރި ސައިކަލަކީ ހުޅުމާލެ ފޭސް 1 ގައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، އާންމުންގެ ސަލާމަތަށް ނުރައްކާވާ ގޮތަށް ބާރު ސްޕީޑުގައި ދުއްވި ސައިކަލެއްކަމަށެވެ. 

މި ހާދިސާ ހިނގާފައިވަނީ ރޭ ދަންވަރު 01:20 ހާއިރުކަމަށް ފުލުހުން ބުނެ އެވެ. 

 ހުޅުމާލެ ފޭސް 1 ދިއްގާމަގުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ދެ ސައިކަލެއް މަޑުކުރުމަށް ފުލުހުން އެންގުމުން، އަމުރަށް ނުކިޔަމަންތެރިވެ އިތުރަށް ބާރު ސްޕީޑުގައި ވަނީ ފިލަން މަސައްކަތްކޮށްފައިވާކަމަށް ފުލުހުން ބުނެ އެވެ. އެގޮތުން ނިރޮޅުމަގު 10 ނަންބަރު ގޯޅިއަށް އަޅައި، އެ މަގުން ހުޅަނގަށް ގޮސް ނިރޮޅުމަގަށް އަރައި އުތުރުން ދެކުނަށް ޒިގްޒެގްކޮށް، ނުރައްކާތެރިކޮށް އޯވާޓޭކް ކުރަމުން ދަނިކޮށް، ފުލުހުންގެ ޕެޓްރޯލް ޓީމުން ވަނީ އޭގެ ތެރެއިން އެއް ސައިކަލު ނިރޮޅުމަގު 11 ނަންބަރު ގޯޅި ކައިރިން ހުއްޓުވާފައިކަމަށް ފުލުހުން ބުނެ އެވެ. 

 އެ ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައިވާކަމަށް ފުލުހުން ބުނެ އެވެ. އަދި ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް ދުއްވާފައިވާތީ އެ ސައިކަލު ވަނީ ޓޯކޮށްފައިކަމަށްވެސް ފުލުހުން ބުނެ އެވެ. 

 މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް