މި ދަތުރުތައް ބާއްވަން ހަމަހެހިފައި ވަނީ ހޯ ޗީ މިން ސިޓީން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ. ދަތުރުތައް ފަށަން ނިންމާފައ ވަނީ އަންނަ ޑިސެންބަރު 5 އިން ފެށިގެންނެވެ.
އެގޮތުން ވިއެޓްޖެޓުން ރާއްޖެއަށް ހަފުތާއަކު 3 ދަތުރު ބާއްވާނެ އެވެ. އެއީ ކޮންމެ އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހެއްގަ މި ދަތުރުތަކަށް ބޭނުން ކުރާނީީ އެއާބަސް 320 މަރުކާގެ ބޯޓްތަކެވެ.
ވިއެޓްނާމް މިހާރު ހިމެނެނީ ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމުތަކުގެ ލިސްޓްގެ 65 ވަނައިގަ އެވެ. އެ ގައުމުން މިދިޔަ އަހަރު ރާއްޖެ އަށް 2،813 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ.
ވިއެޓްޖެޓް އަކީ ވިއެޓްނާމަށް ނިސްބަތްވާ، އާންމުކޮށް އަގުހެޔޮކޮށް ދަތުރުކުރެވޭ ބައިނަލްއަޤުވާމީ އެއަރލައިނެކެވެ.މި ކުންފުނި އުފެދިފައިވަނީ 2007 ވަނަ އަހަރުއެވެ. ނަމަވެސް ރަސްމީކޮށް ފަސިންޖަރުން ގޮވައިގެން ދަތުރުތައް ފަށާފައިވަނީ 2011 ވަނަ އަހަރުގެ ފަހުކޮޅުގައެވެ.