ads
ހުޅުމާލޭ ސިންތެޓިކް ޓްރެކް: ބައިނަލްއަގްވާމީ މިންގަނޑަށް ފެތޭގޮތަށް ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތުކުރަން ވަނީ ފަށައިފައި - ފޮޓޯ: ޔޫތު މިނިސްޓްރީ
ހުޅުމާލެ ސިންތެޓިކް ޓްރެކް މަރާމާތުކުރަން ފަށައިފި
ހުޅުމާލެ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
Advertisement

ހުޅުމާލޭގައި އޮންނަ ސިންތެޓިކް ޓްރެކް ދުނިޔޭގެ އެތުލެޓިކްސްގެ މައި އިދާރާގެ މިންގަނޑަށް ފެތޭ ގޮތަށް ޕީޔޫ ޓްރެކަކަށް ބަދަލުކުރުމުގެ މަސައްކަތް އޮކުޓޯބަރު މަހު ފަށާނެ ކަމަށް ޒުވާނުންބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ވަޒީރު އަބްދުﷲ ރާފިއު އިއުލާންކުރެއްވީ ނިމުނު ސެޕްޓެމްބަރު މަހު ކުރިއަށް ގެންދިޔަ "އަހާ" ފޯރަމުގަ އެވެ.

އެކަމުގެ ސަބަބުން އެތުލީޓުން ރެކޯޑެއް ހެދިކަމުގައިވިޔަސް، ވޯލްޑް އެތުލެޓިކްސްގެ އުސޫލު އޮންނަ ގޮތުން ރެކޯޑް ގުނަނީ ހަމައެކަނި ވޯލްޑް އެތުލެޓިކްސް އެސޯސިއޭޝަން ގަބޫލުކުރާ ފެންވަރުގެ ޓްރެކްގައި ހަދާ ރެކޯޑްތައް ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ރާފިއު އޭރު ވިދާޅުވި ގޮތުގައި އުންމީދަކީ ހުޅުމާލޭ ސިންތެޓިކް ޓްރެކް ޕީޔޫ ޓްރެކަކަށް ބަދަލު ކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ނިންމާލުމެވެ. 

ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމްގެ ވެރިކަމުގައި ގާއިމުކުރި އެ ޓްރެކު އެތުލީޓުންނާއި އާންމުން ވެސް ކަސްރަތަށް ބޭނުންކުރެއެވެ. ނަމަވެސް، ޓްރެކް ހަލާކުވެ، ދުވާ މީހުންނަށް ތަފާތު އަނިޔާތަކާ ކުރިމަތިލާންޖެހޭ ކަމުގެ ޝަކުވާތައް ވަރަށް ގިނައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް