މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ އަންހެންކުދިންގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ އަންހެން ކުދިންގެ ހައްގުތައް ރައްކާތެރިކޮށް ކުރިއެރުވުމަށް ކުރާ މަސައްކަތްތަކުގައި ބައިވެރިވެ، އެކަމަށް ދޭ ސަމާލުކަން މިއަދު އަލުން އާކުރައްވާ ކަމަށެވެ.
މިފަދަ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި، އާއިލާތަކާއި މުޖުތަމައުތަކުން ފެށިގެން ކަމާބެހޭ ހުރިހާ ފަރާތްތަކެއް ހިމެނޭހެން މުޅި މުޖުތަމައުގެ އެއްބާރުލުން ބޭނުންވާ ކަމަށް ރައީސް ވިދާޅުވި އެވެ.
މިއަދު އަންހެން ދަރިންނަށް ކުރެވޭ އިންވެސްޓްމަންޓަކީ، އެންމެންނަށް ހަމަހަމަ، އެކުވެރި އަދި ފާގަތި މުސްތަގުބަލަކަށް ކުރެވޭ އިންވެސްޓްމަންޓެއް ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.