ads
ވަތަނީ ހިދުމަތުގެ ތަމްރީނަށް ކުދިން ފުރަނީ
ވަތަނީ ހިދުމަތުގެ 3 ވަނަ ބެޗަށް 84 ޒުވާނުން ފުރައިފި
ދިވެހި ވަތަނީ ހިދުމަތުގެ ފަންނީ ތަމްރީނުގެ 3 ވަނަ ބެޗު 84 ދިވެހި ޒުވާނުންނާ އެކު ފަށައިފި އެވެ.
Advertisement

އެމްޑީއެފުން ބުނީ  ބ.ކިހާދޫގައި ޤާއިމުކޮށްފައިވާ އެމްއެންޑީއެފް ސުކޫލް އޮފް އިންޖިނިއަރިން އެންޑް ލޮޖިސްޓިކްސް ގައި 16 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ފަންނީ ތަމްރީނު ޕްރޮގްރާމުގައި، ބައިވެރިވާ 84 ކުދިންނަކީ ރާއްޖޭގެ 17 އަތޮޅެއްގެ 44 ރަށަކަށް ނިސްބަތްވާ ޒުވާނުންކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 64 ފިރިހެން އަދި 20 އަންހެން ދަރިވަރުންްކަމަށް އެމްއެންޑީއެފުން ބުނެ އެވެ. 

މި ތަމްރީނުގައި ސެޓްފިކެޓް ލެވެލް 3 ގެ ކޯހެއް ހަ ކޯހެއް ކުރިއަށް ގެންދާނެކަަމަށް އެމްއެންޑީއެފުން ބުނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ މެރިން މެކޭނިކް، ރެފްރިޖަރޭޝަން އެންޑް އެއާ ކޮންޑިޝަނިން، ވެލްޑިން އެންޑް މެޓަލް ފެބްރިކޭޝަން، އޮޓޯމޯބައިލް އިންޖިނިއަރިން، އިލެކްޓްރީޝަން، އަދި އޮފީސް މެނޭޖްމަންޓް ކޯހެވެ. 

މި ކޯސްތަކުގެ މުޤައްރަރުގައިވާ ބައިތަކުގެ އިތުރުން، ފިޒިކަލް ފިޓްނަސް، ސްވިމިން، ޑްރިލް އަދި ތަފާތު ކުޅިވަރު ހަރަކާތްތައް މި ޕްރޮގްރާމުގެ ތެރޭގައި ކުރިއަށް ގެންދާނެކަަމަށް އެމްއެންޑީއެފުން ބުނެ އެވެ. ހަމައެއާ އެކު، މި ޕްރޮގްރާމުގައި ލައިފް ސްކިލް ކޮމްޕޯނަންޓްގެ ތެރެއިން ދަރިވަރުންނަށް ދިރިއުޅޭ ވެށި ސާފުކޮށް ބެލެހެއްޓުމާއި، ޓީމް ބިލްޑިން ހަރަކާތްތަކާއި، ލީޑާޝިޕް ހަރަކާތްތަކުގެ އިތުރުން އަދަބު އަޚްލާޤް ދަސްކޮށްދެވޭނެކަމަށް ފުލުހުން ބުނެއެވެ. 

މި ތަމްރީނު ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ ވަޒީފާގެ މައިދާނަށް ބޭނުންވާ މުހިންމު ފަންނީ ހުނަރުތަކާއެކު، އަމިއްލަ ނަފްސަށް އިތުބާރުކުރާ، އަޤީދާ ވަރުގަދަ، އަދި ރޫޙާނީ، ނަފްސާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުބްކަމަށް ސިފައިން ބުނެއެވެ. މިގޮތުން މި މުއްދަތުގެ ތެރޭގައި ދިރިއުޅުމުގެ މައިދާނަށް ބޭނުންވާ ފަންނީ ހުނަރުތަކުގެ އިތުރުން، ދިވެހި ޤައުމިއްޔަތާއި، ޒިންމާދާރު ރައްޔިތުކަމާއި، ދީނީ ތަރުބިއްޔަތާއި، އަހްލާގާއި ސުލޫކު އަދި ލީޑަޝިޕާއި ހަށިހެޔޮކަމުގެ ދާއިރާއިން ފުޅާ ދާއިރާއެއްގައި ތަމްރީނުތައް ދެވިގެންދާނެކަމަށް އެމްއެންޑީއެފުން ބުނެ އެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް