ads
ކާބަން ގޭސް ތެލަށް ބަދަލުކުރާނެ އަވަސް މަގެއް ހޯދައިފި
އާ ދިރާސާއެއް: ކާބަން ގޭސް ތެލަށް ބަދަލުކުރާނެ އަވަސް މަގެއް ހޯދައިފި
ސިނާއީ މަސައްކަތްތަކުން ބޭރުވާ ކާބަންޑައިއޮކްސައިޑް ގޭސް، އެފިޝަންޓްކޮށް ސާފު މީތަނޯލް ތެލަށް ބަދަލުކުރެވޭނެ އަވަސް މަގެއް އިންޑިއަން އިންސްޓިޓިއުޓް އޮފް ސައިންސްގެ ސައިންސްވެރިން ހޯދައިފި އެވެ.
Advertisement

މިއީ ސިނާއީ ގޭސްތައް ބޭނުންތެރި ހަކަތައަށް ބަދަލުކުރުމުގެ ދާއިރާއިން ލިބުނު މުހިންމު ކުރިއެރުމެކެވެ.

އިންޑިއަން އިންސްޓިޓިއުޓް އޮފް ސައިންސްގެ ސައިންސްވެރިން މި އާ މަގު ހޯދާފައިވަނީ މެޝިން ލާނިންގ ބޭނުންކޮށްގެންނެވެ. މި ގޮތުން ކޮޕަރ ކެޓަލިސްޓް ބޭނުންކޮށްގެން ހިނގާ ކެމިކަލް މަރުހަލާތައް ދިރާސާކުރުމުގެ ތެރޭގައި، މީގެ ކުރިން ސައިންސްވެރިންނަށް ފާހަގަނުވެ އަދި ސަމާލުކަން ދެވިފައިނުވާ 9،389 ކެމިކަލް ރިއެކްޝަން ވަނީ ހޯދާފަ އެވެ.

މި ހޯދުމުގެ ސަބަބުން ސިނާއީ ކާރަންޚާނާތަކުން ބޭރުވާ ކާބަންޑައިއޮކްސައިޑް ގޭސް، ސާފު މީތަނޯލް ތެލަށް ބަދަލުކުރުމުގެ މަރުހަލާ ކުރިއަށްވުރެ އަވަސްވެ، އެކަން އެންމެ ފުރިހަމަ ގޮތުގައި ކުރެވޭނެ ގޮތް ވަނީ ކަށަވަރުވެފަ އެވެ. ކުރިން ސަމާލުކަން ދެވިފައިނުވާ މި ކެމިކަލް ރިއެކްޝަންތަކަކީ ކާބަން ގޭސް ސާފު ތެލަށް ބަދަލުކުރުމުގެ މަރުހަލާ ކުރުކޮށްދޭ މުހިންމު ކަމެއްގެ ގޮތުގައި ސައިންސްވެރިން ފާހަގަކުރެ އެވެ.

މެޝިން ލާނިންގ ބޭނުންކޮށްގެން ކޮޕަރ ކެޓަލިސްޓްގެ މަތީގައި ހިނގާ މި ރިއެކްޝަންތައް ހޯދުމަކީ، ސިނާއީ ކާބަން ގޭސް ބޭނުންތެރި އަދި ތިމާވެށްޓާ ރައްޓެހި މީތަނޯލް ތެލަށް ބަދަލުކުރުމުގެ މަސައްކަތަށް ލިބުނު ބޮޑު އެހީއެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް