ads
ކަށިމާ ހިނގުމުގައި އާއްމުނަށް އުނދަގޫކުރާކަމަށް ބުނާ މީހާ
އާއްމު އުނދަގޫކުރާ މީހާ، މިނިސްޓްރީން އެޅި ފިޔަވަޅުތައް ބުނެދޭން އެދެފި
ކަށިމާ ހިނގުމާއި ދޫހިމެރި މަގު ހިމެނޭ ސަރަހައްދުގައި ދިރިއުޅޭ އާންމު އުނދަގޫ ކުރާ މީހާގެ މައްސަލަ ހައްލު ކުރުމަށް ފެމިލީ އެންޑް ވެލްފެއަ މިނިސްޓްރީން އިން އެޅި އަވަސް ފިޔަވަޅުތަކަކީ ކޮބައިތޯ ސާފު ކޮށްދެެއްވުމަށް ރައްޔިތުން މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެދިވަޑައިގެންފި އެވެ.
Advertisement

އާންމު އުނދަގޫ ކުރާ މީހެއްގެ މައްސަލަ ދައުލަތުގެ މުއައްސަސާތަކަށް ހުށައަޅާގައި މިހާތަނަށްވެސް ހައްލުވެފައިނުވާތީ ޒިންމާދާރު މަގާމެއް ފުރުއްވާ މުހައްމަދު ސައީދު އިއްޔެ ވަނީ ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް މާލޭގެ ހެންވޭރު ޕޮލިސް ސްޓޭޝަނުގައި ފައްޓާފަ އެވެ. އޭނާގެ މި ހަޅުތާލު ފެށިތާ މާގިނައިރުތަކެއް ނުވަނީސް ފުލުހުން ވަނީ އާއްމު އުނދަގޫ ކުރާކަމަށް ބުނާ މީހާ ހައްޔަރުކޮށްފަ އެވެ. 

މިކަމާއި ގުޅިގެން ބައެއްކަންކަން ސާފުކޮށްދެއްވުމަށް އެދި ފެމިލީ އެންޑް ވެލްފެއާ މިނިސްޓްރު ގީލާ އަލީއަށް މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވަނީ ސިޓީއެއް ފޮނުއްވާފަ އެވެ. އެ ސިޓީގައި ކުޑޫ ވިދާޅުވީ ކަށިމާ ހިނގުމާއި ދޫހިމެރި މަގު ހިމެނޭ ސަރަހައްދުގައި ދިރިއުޅޭ އާންމު އުނދަގޫ ކުރާ މިހެއްގެ ސަބަބުން އެ ސަރަހައްދުގައި އުޅޭ ރައްޔިތުންނަށާއި، އެ ސަރަހައްދުން ހިނގާބިނގާވެ އުޅޭ މީހުންގެ އިތުރުން ދުއްލާ މީހުންނަށް ވަމުންދާ އުނދަގޫތަކަކީ ހުދު އޭނާވެސް ކޮންމެ ދުވަހަކު ތަޖުރިބާ ކުރަައްވަމުން ގެންދަވާ ކަމެއްކަމަށެވެ.  

އެކަމަކީ އިޖުތިމާއީ އަދި ނަފްސާނީ ދުޅަހެޔޮކަމާއި ގުޅުންހުރި މައްސަލައަކަށްވުމުން، މިއީ ގިނަ ރައްޔިތުންތަކެއްގެ ކަންބޮޑުވުން އިންތިހާއަށް އޮތް މައްސަލައެއްކަން ކުޑޫ ފާހަގަކުރެއްވި އެވެ. އަދި ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކުން ލަސްނުކޮށް ފިޔަވަޅު އަޅައި އަވަސް ހައްލެއް ދޭންޖެހިފައިވާ ކަމެއްކަމަަށްވެސް ކުޑޫ ވިދާޅުވި އެވެ.

ނެޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓަކީ އެ މިނިސްޓްރީގައި ގާއިމުކުރެވިފައިވާ ޑިޕާޓްމަންޓެއްކަމުން، މިބާވަތުގެ މައްސަލަތަކުގެ ނާޒުކުކަން ބަޔާންކޮށްދީ، މިފަދަ އެހެން ކަންކަމާ ގުޅިގެންވެސް މީގެ ކުރިން އެކި ފަހަރު މަތިން އެތަނާ މުއާމަލާތް ކޮށްފައިވާނެކަަމަށް ކުޑޫގެ މިނިސްޓަރު ގީލާއަށް ފޮނުއްވި ސިޓީގައި ވިދާޅުވި އެވެ. އެހެންނަމަވެސް މިހާތަނަށް އެދެވޭ އަދި ދާއިމީ ހައްލެއް އެއިން ކަމަކަށް ލިބިފައިނުވާކަން ވެސް ކުޑޫ ވަނީ ފާހަގަކުރައްވާފަ އެވެ. 

ކުޑޫ ވަނީ މިނިސްޓްރު ގީލާ އަރިހުން ތިން ކަމެއް ސާފުކޮށްދެއްވަން އެދިވަޑައިގެންފަ އެވެ.

  1. މަތީގައި ބަޔާންކުރެވިފައިވާ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް މިނިސްޓްރީގެ ފަރާތުން އަޅުއްވަމުންދާ އަވަސް ފިޔަވަޅުތަކަކީ ކޮބައިތޯ"
  2. މިފަދަ ހާލަތްތަކުގައިވާ ފަރާތްތަކަށް ދުނިޔޭގެ އެހެން ގައުމުތަކުގައި ފޯރުކޮށްދޭ ފަދަ ދާއިމީ އިޖުތިމާއީ އަދި ސިއްހީ ރައްކާތެރިކަމުގެ ނިޒާމެއް ގާއިމުކުރުމަށް މިނިސްޓްރީން ގެންގުޅުއްވާ ސިޔާސަތަކީ ކޮބައިތޯ" 
  3. މީގެ ކުރިން މި މައްސަލައިގައި ހުށަހެޅުނު ކަންކަމަށް ބިނާކޮށް އެކުލަވާލެވިފައިވާ އެކްޝަން ޕްލޭނެއް ނުވަތަ އުސޫލެއް އެބައޮތްތޯ"

މި މައްސަލައަކީ ގުޅުންހުރި އެންމެހައި ފަރާތްތަކުގެ ހައްގުތަކާ ގުޅިފައިވާ ނާޒުކު ކަމަކަށްވާތީ، މިކަމަށް އަވަސް އަދި ހަރުދަނާ ހައްލެއް ހޯއްދަވައި ދެއްވުމަށް ކުޑޫ ވަނީ އެދިވަޑައިގެންފަ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް