މިނިސްޓަރު މިހެން ވިދާޅުވީ ހުޅުމާލޭ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހްމަދު ޝަމްހީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މެމްބަރުގެ ސުވާލަކަށްވީ އިންފްރާސްޓްރަކްޗާ، ހައުސިން މިނިސްޓްރީގެ ދަށުން ފެށިފައިވާ މަޝްރޫއުތައް ނިންމުމަށްޓަކައި ބޭނުންވާނެކަމަށް ލަފާ ކުރެވޭ ޖުމްލަ ބަޖެޓަކީ ކޮބައިތޯ އާއި އެ މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށްޓަކައި މި އަހަރުގެ ބަޖެޓުގައި ކަނޑައަޅާފައިވަނީ ކިހާ މިންވަރެއްގެ ފައިސާ އެއްތޯ އެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން މުއްތަލިބް ވިދާޅުވީ އަދި އެ މަޝްރޫއުތައް ނިންމަން ހިނގާނެކަމަށް ލަފާކުރެވެނީ 58,831,473,267 (58.8ބިލިއަން) ރުފިޔާ ކަމަށެޗެ. އަދި 2026 ވަނަ އަހަރުގެ މަޝްރޫއުތައް ހިންގުމަށް ހަމަޖައްސާފައިވަނީ ޕްރޮގްރާމް ބަޖެޓެއްކަމަށްވެސް މިނިސްޓާރު ވިދާޅުވިއެވވެ. އެގޮތުން މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށް ރާވާފައިވާ ޕްލޭނާއެއްގޮތަށް މަޝްރޫއުތަކަށް ބަޖެޓް ހަމަޖައްސަވަނީ މިނިސްޓްރީ އޮފް ފިނޭންސްއިން ކަމަށާއި 2026 ވަނަ އަހަރުގެ ބަޖެޓުގައި ވަކި މަޝްރޫޢުއަކަށް ވަކި ވަރެއް ކަނޑައެޅިފައެއް ނުވާކަމަށް މިނިސްޓަރު މުއްތަލިބް ވިދާޅުވި އެވެ.
ރޭ އަހާ ފޯރަމްގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓާރު ހަސަން ޒަރީރު ވިދާޅުވީ ރާއްޖޭގައި މި ވަގުތު 1،273 ޕްރޮޖެކްޓެއްގައި ސޮއިކޮށް، ކުރިއަށްދާ ކަމަށާއި އެ ހުރިހާ ޕްރޮޖެކްޓެއް ވެސް ނިންމުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މިއަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫއުތަކަށް 8.3 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. މިހާތަނަށް އެ ބަޖެޓުން 4.8 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.