އަންނަ އަހަރަށް އޮޑިޓު އޮފީހުން ހުށަހަޅުއްވާފައިވާ 133,590,265 (ސަތޭކަ ތިރީސް ތިން މިލިއަން ފަސް ލައްކަ ނުވަދިހަ ހާސް ދުއި ސައްތަ ފަސްދޮޅަށް ފަސް) ރުފިޔާގެ ބަޖެޓު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 46 މެންބަރުންގެ އިއްތިފާގުންނެވެ.
އަންނަ އަހަރަށް ލަފާކޮށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހުށަހެޅި ބަޖެޓުގައި ރިކަރަންޓް ހަރަދާއި ކެޕިޓަލް ހަރަދުގެ ގޮތުގައި 90 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. އަދި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ގޮތުގައި 43،500،000 ރުފިޔާ ކަނޑައަޅާފައިވެ އެވެ.
އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ 2027 ވަނަ އަހަރަށް ލަފާކުރާ ބަޖެޓުގެ މައިގަނޑު ބައިތަކަށް ހިނގާނެކަމަށް ލަފާކުރެވޭ ހަރަދުތަކުގެ ތެރޭގައި:
އަންނަ އަހަރު އޮޑިޓާ ޖެނެރަލްގެ އޮފީހުން ޖުމްލަ 394 އޮޑިޓު ހިންގުމަށް ނިންމަވާފައިވެ އެވެ. މީގެ ތެރޭގައި ދައުލަތުގެ މުއައްސަސާތަކާއި، ސަރުކާރު ކުންފުނިތަކާއި، މާލީ އިދާރާތަކާ ގުޅުންހުރި ގިނަ އޮޑިޓުތަކުގެ އިތުރުން، މި އަހަރު ނުނިމި ހުރި އޮޑިޓުތަކުގެ މަސައްކަތްތައް ވެސް ހިމެނެ އެވެ.
މި އަހަރަށް މަޖިލީހުން އޮޑިޓު އޮފީހަށް ކަނޑައެޅި 134.2 މިލިއަން ރުފިޔާގެ ބަޖެޓުގެ ތެރެއިން މިހާތަނަށް 56.9 މިލިޔަން ރުފިޔާ އެ އޮފީހުން ވަނީ ހަރަދުކޮށްފަ އެވެ. އަދި އަހަރު ނިމޭއިރު އިތުރު 45 މިލިއަން ރުފިޔާ ހަރަދުވެ، ބާކީ 31 މިލިއަން ރުފިޔާ ހުންނާނެ ކަމަށް ލަފާކޮށްފައިވެ އެވެ.
އަންނަ އަހަރަށް އޮޑިޓާ ޖެނެރަލްގެ އޮފީހަށް ޖުމުލަ 133،590،265 ރުފިޔާގެ ބަޖެޓެއް ބޭނުންވާ ކަމަށް އޮޑިޓާ ޖެނެރަލް ހުސެއިން ނިޔާޒީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަހެޅުއްވީ މި މަހުގެ 13ގައެވެ.