އެމްއޭސީއެލް އިން މި ހިދުމަތް ދިނުމަށް ނިންމާފައި ވަނީ 25 އޮކްޓޫބަރު 2026 އިން ފެށިގެންނެވެ.
އެމްއޭސީއެލް އިން މައުލޫމާތު ދެއްވި ގޮތުގައި، މި ބަދަލު ގެނައުމުގެ މައިގަނޑު މަގްސަދަކީ ފަތުރުވެރިން ރާއްޖެ އައުން އެންމެ ބާރުބޮޑުވާ ދުވަސްވަރު ވީއައިއޭ ގެ ދެ ޓާމިނަލުން ވެސް ބައިނަލްއަގްވާމީ ދަތުރުތަކަށް ހިދުމަތް ފޯރުކޮށްދިނުމުގެ ގޮތުންނެވެ.
މީގެ ސަބަބުން ޖާގައިގެ ތަނަވަސްކަން އިތުރުވެ، އިތުރު ޗެކްއިން ކައުންޓަރުތަކާއެކު ދަތުރުވެރިންނަށް ލުއިފަސޭހަ އަދި އަވަސް ހިދުމަތްތަކެއް ލިބިގެންދާނެ ކަމަށް އެއޭސީއެލް އިން ވަނީ ބުނެފައި އެވެ.
ކުރިން ބައިނަލްއަގްވާމީ ދަތުރުތަކަށް ބޭނުންކުރަމުން އައި ޓާމިނަލް 2 ގެ ފެންވަރު މަތިކޮށް، ޒަމާނީ ބަދަލުތަކަކާއެކު އަލުން ހިދުމަތަށް ނެރެފައިވަނީ 2026 ވަނަ އަހަރުގެ ފެބުރުއަރީ މަހުގަ އެވެ. މިހާރު ޑޮމެސްޓިކް ހިދުމަތްތައް ވެސް ދެމުން އަންނަ މި ޓާމިނަލްގައި 27 ޗެކް-އިން ކައުންޓަރާއި، އާ ލަގެޖް ބެލްޓްތަކުގެ އިތުރުން ފެންވަރު ރަނގަޅު ކެފޭ/ރެސްޓޯރަންޓްތަކާއި، ނަމާދުކުރާ ތަންތަނާއި، ކުޑަކުދިން ކުޅޭނެ ހާއްސަ ސަރަހައްދެއް ވެސް ވަނީ ގާއިމުކޮށްފަ އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް 1ގެ ޑިޕާޗާ ހޯލުގައި 47 ޗެކްއިން ކައުންޓަރު ހުރެ އެވެ. އަދި އަމިއްލައަށް ޗެކްއިން ކުރެވޭ 6 ސެލްފް ސާވިސް ޗެކްއިން ކިއޮސްކް ވަނީ ބަހައްޓާފަ އެވެ. މީގެ އިތުރުން ޓާމިނަލް 2ގައި 27 ކައުންޓަރު ވަނީ ޤާއިމުކޮށްފަ އެވެ. އަދި ޗެކްއިން ބެގޭޖް ބެލްޓުތަކުގެ އަދަދު 1އިން 3އަށް އިތުރު ކޮށްފައިވާއިރު، އެއާލައިންތަކުގެ ޓިކެޓިން ކައުންޓަރުތައްވެސް ވަނީ ބޭރުންނާއި އެތެރެއިން ފަސޭހައިން ވަދެވޭނެ ގޮތަށް ފަރުމާކޮށްފަ އެވެ.