ads
ނޭޝަނަލް ސާވިސް އިނީޝަލް ޓްރޭނިންގެ 4 ވަނަ ބެޗުގެ ތަމްރީނުތައް ފެށުން
ނޭޝަނަލް ސާވިސް އިނީޝަލް ޓްރޭނިންގެ 4 ވަނަ ބެޗުގެ ތަމްރީނުތައް ފަށައިފި
ދިވެހި ވަތަނީ ހިދުމަތުގެ ޕްރޮގްރާމުގެ ތެރެއިން ކުރިއަށް ގެންދާ ނޭޝަނަލް ސާވިސް އިނީޝަލް ޓްރޭނިންގެ 4 ވަނަ ބެޗުގެ ތަމްރީނުތައް ފަށައިފި އެވެ.
Advertisement

ދިވެހި ވަތަނީ ހިދުމަތުގެ ޕްރޮގްރާމުގެ ތެރެއިން ކުރިއަށް ގެންދާ ނޭޝަނަލް ސާވިސް އިނީޝަލް ޓްރޭނިންގެ 4 ވަނަ ބެޗުގެ ތަމްރީންތައް މިއަދު ރަސްމީކޮށް އިފުތިތާހުކޮށްފައިވާކަން ހާމަކުރައްވާ ރައީސް ޑރ. މުހައްމަދު މުއިއްޒު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ތަމްރީނުގައި 352 ޒުވާނުން ބައިވެރިވާ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭހެން 125 ރަށަކަށް ނިސްބަތްވާ 288 ފިރިހެން އަދި 64 އަންހެން ޒުވާނުން މި ތަމްރީނުގައި ބައިވެރިވެ އެވެ.

މި ޕްރޮގްރާމަކީ ޒިންމާދާރު، އަގީދާ ވަރުގަދަ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ ޒުވާނުން ބިނާކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމަށް ފެއްޓެވި ސިޔާސަތެކެވެ. ރައީސް ވިދާޅުވީ، މި ބެޗްގެ ހުރިހާ ބައިވެރިންނަށް ވެސް ކާމިޔާބީއަށް އެދޭ ކަމަށެވެ.

ޅ. މާފިލާފުށީ ކޮމްޕޮސިޓް ޓްރެއިނިން ސެންޓަރުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ހަތަރު ވަނަ ބެޗްގެ ތަމްރީނުގެ އިފުތިތާހުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރު ޖެނެރަލް އިބްރާހީމް ހިލްމީ އެވެ. އަދި ހާއްސަ މެހުމާނެއްގެ ގޮތުގައި، ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ ބައިވެރިވެވަޑައިގެންނެވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް